ޔުވެންޓަސް އިން ފަހަތުން އަރައި ތިން ގޯލު ޖަހައި ބޮލޯނިއާއާ އެއްވަރުކޮށްފި

May 21, 2024, 4:02 AM
ޔުވެންޓަސް އިން ފަހަތުން އަރައި ތިން ގޯލު ޖަހައި ބޮލޯނިއާއާ އެއްވަރުކޮށްފި

ޓިއުރިން (މެއި 21) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އިން ފަހަތުން އަރައި ތިން ގޯލު ޖަހައި، 3-3 އިން ބޮލޯނިއާއާ އެއްވަރުކޮށްފި އެެވެ.

މިއީ ޔުވެންޓަސް އިން އެ ޓީމުގެ ކޯޗު، މަސިމޯ އަލެގްރީ ވަކިކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅުން ބޮލޯނިއާގައި ހުރީ ޔުވެންޓަސް އިން ގެންނަން ބޭނުންވާ ކޯޗު ތިއާގޯ މޮޓާ އެވެ. ޔުވެންޓަސް އިން ވަނީ މޮޓާ އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. އެ އަށް ގޮތެއް ނިންމަނީ ސީޒަން ނިމުމުން ކަމަށް މޮޓާ ވަނީ ހާމަކޮށްފަ އެވެ.

ބޮލޯނިއާ ދަނޑުގައި ކުޅުނު މެޗުގައި ރޭ އެ ޓީމުން، 53 މިނިޓް ތެރޭ ތިން ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ހާފު ދެ ގޯލު ކުރީގައި އޮވެގެން ނިންމާލިއިރު، ބޮލޯނިއާގެ ލަނޑުތައް ޖެހީ، ރިކާޑޯ ކަލަފިއޯރީ އާއި ސަންޓިއާގޯ ކަސްޓްރޯ އެވެ.

ދެ ވަނަ ހާފް ފެށިގެން އަށް ވަނަ މިނިޓްގައި، ކަލަފިއޯރީ ވަނީ ބޮލޯނިއާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ޔުވެންޓަސް އިން ފުރަތަމަ ލަނޑު ޖެހީ، 76 ވަނަ މިނިޓްގަ އެވެ. މި ލަނޑު ކާމިޔާބުކުރީ، ފެޑެރީކޯ ކިއޭސާ އެވެ. އެ ހިތްވަރުގައި ކުޅެމުން، 83 ވަަނަ މިނިޓްގައި އާކަންޑިއުޒް މިލިޗް ވަނީ ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ތިން ވަނަ ލަނޑު ޖަހައި، އެއްވަރުކުރީ، އޭގެ މިނިޓެއް ފަހުންނެވެ. މި ލަނޑު ޖެހީ، ކެނާން ޔިލްޑިޒް އެވެ.

މި ނަތީޖާއާ އެކު، އިޓާލިއަން ލީގުގެ ފަހު މެޗުތަކަށް ނުކުންނައިރު، ތިން ވަނައިގައި އޮތް ބޮލޯނިއާ އާއި ހަތަރެއްގައި އޮތް ޔުވެންޓަސް ވަނީ ޕޮއިންޓް އެއްވަރުވެފަ އެވެ. އެއީ، 37 މެޗުން 68 ޕޮއިންޓާ އެކު އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox