އަވަސް އެޕްއިން ޓެކްސީކުރާ އަގުތައް ވެސް ޓްރާންސްޕޯޓުގެ އަގަށް ބަދަލުކޮށްފި

އަވަސް އެޕްގެ ޕްރޮމޯޝަނަލް ފޮޓޯ --

އަވަސް އެޕްގެ ޕްރޮމޯޝަނަލް ފޮޓޯ --

އަވަސް އެޕް އަދި އަވަސް ރައިޑުން ޓެކްސީކުރާ އަގުތައް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް މިއަދު ބަދަލުކޮށްފި އެވެ.

އަވަސް އެޕްއިން ބުނީ މެއި 14، ގައި މާލެ ސަރަހައްދުގައި ޓެކްސީކުރާ އަގުތަކަށް މިނިސްޓްރީން ގެނައި ބަދަލާއެކު އަވަސް އެޕް އަދި އަވަސް ރައިޑުން ވަނީ އާ އަގުތަކަށް އަމަލުކުރަން ފަށާފައި ކަމަށެވެ.

ކަނޑައަޅާފައިވާ އާ އަގުތަކަށް އެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރޭތޯ ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް އަވަސް ރައިޑުގެ މެނޭޖްމެންޓުން ވަނީ ބުނެފަ އެވެ.

"ގަވާއިދަށް ގެނައި ބަދަލާއި އެކު އަވަސް ޓީމުން މިނިސްޓްރީއަށް އެއްބާރުލުން ދޭނެ ވާހަކަ ދަންނަވަން،" އަވަސް އެޕުން ބުނެ އެވެ.

އަވަސްގެ ދެ އެޕްލިކޭޝަން ކަމަށްވާ އަވަސް ރައިޑު އަދި އަވަސް އެޕްގަ ވެސް ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ގަވާއިދާ ހިލާފަށް ޓެކްސީ ދަތުރުތަކަށް ފައިސާ ނަގަމުންދާތީ، އާންމުން ޝަކުވާ ކުރަމުންދާކަން ފާހަގަކޮށް ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ޓެކްސީތައް ރިޕޯޓު ކުރުމަށް އަވަސް އިން ވަނީ އެދިފަ އެވެ.

މިހާތަނަށް އާ އަގުތަކަށް އެންމެ ފުރަތަމަ އަމަލު ކުރަންފަށާފައި ވަނީ އަވަސް އިންކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގައި ޓެކްސީގެ ހިދުމަތްދެމުންގެންދާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އަވަސް ރައިޑް އިތުރު ހިދުމަތްތަކާއެކު އަވަސް އެޕަށް ބަދަލުކޮށް 2،000 އަށް ގިނަ ޑްރައިވަރުންނާއި، އެތައް ސަތޭކަ ހާސް ކަސްޓަމަރުންނާއިއެކު ވަނީ ރީބްރޭންޑްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox