ސޯލޯތުގެ ހަތަރު ގޯލުން ރެއާލް ހުއްޓުވައިފި

May 20, 2024, 5:32 AM
ސޯލޯތުގެ ހަތަރު ގޯލުން ރެއާލް ހުއްޓުވައިފި

މެޑްރިޑް (މެއި 20) - ސްޕެނިޝް ލީގުގައި ރޭ އަލެކްސަންޑަ ސޯލޯތު ޖެހި ހަތަރު ގޯލާ އެކު، ވިޔަރެއާލުން 4-4 އިން ރެއާލް މެޑްރިޑާ އެއްވަރުކޮށްފި އެވެ.

ލީގު ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ރެއާލުން ވިޔަރެއާލް ދަނޑުގައި ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު އޮތީ 4-1 އިން ކުރީގަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި، އަށް މިނިޓް ތެރޭގައި، ސޯލޯތު ހެޓްރިކެއް ހަދައި، ވިޔަރެއާލަށް އެއްވަރުކޮށްދިނީ އެވެ.

ރެއާލަށް ރޭގެ މެޗުގައި ލީޑުނަގައިިދިނީ އާޑާ ގުލެއާ އެވެ. ހޮސޭލޫ ރެއާލަށް ދެ ވަނަ ލަނޑެއް ޖަހައިދީފައިވަނިކޮށް، ސޯލޯތު ވަނީ ވިޔަރެއާލްގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ގުލެއާ އާއި ލޫކަޒް ވަސްކޭޒް ޖެހި ލަނޑުތަކުން ރެއާލް ރަނގަޅު ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި އެވެ.

އެހެން ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ 11 މިނިޓް ތެރޭ، ސޯލޯތު ވަނީ ތިން ލަނޑު ޖަހައި ވިޔަރެއާލަށް އެއްވަރުކޮށްދީފަ އެވެ. މި ލަނޑުތަކާ އެކު، ސޯލޯތު ވަނީ ލީގުގައި 23 ލަނޑު ހަމަކޮށް، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ.

ލީގުގައި ރޭ ރަޔޯ ވަޔެކާނޯ އަތުން ބާސެލޯނާ ވަނީ 3-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ޕެޑްރީ ދެ ގޯލުގެ އިތުރުން، ރޮބަޓް ލެވަންޑޯސްކީ އެވެ. އެތުލެޓިކޯ މެޑްރިޑް، ދަނޑުގައި އޮސަސޫނާ ވަނީ 4-1 އިން މޮޅުވެފަ އެވެ.

ސްޕެނިޝް ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު، ރެއާލް، އެއް ވަނައިގައި އޮތީ 94 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 82 ޕޮއިންޓް ލިބިފައިވާއިރު، ތިނެއްގައި އޮތް ޖިރޯނާ އަށް ވަނީ 78 ޕޮއިންޓް ލިބިފަ އެވެ. އަދި ހަތަރެއްގައި އެތުލެޓިކޯ އޮތީ 73 ޕޮއިންޓާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox