މަސް ޕްރޮސެސްކުރަން ބޭނުންކުރާ ހަކަތައިގެ 35 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ

ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ: ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުގެ އޮތް ތަސައްވުރު ހިއްސާ ކުރެއްވި --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ: ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުގެ އޮތް ތަސައްވުރު ހިއްސާ ކުރެއްވި --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި މަސް ޕްރޮސެސް ކުރުމަށް ބޭނުންކުރާ ހަކަތައިގެ 35 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ތައިލޭންޑުގެ ބެންކޮކްގައި ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

"ކަނޑަކީ ރާއްޖޭގެ ދިރުން. ދިވެހިންގެ ލޭނާރު. ރާއްޖޭގެ ދެމިއޮތުމާއި, ދިރިއުޅުމާއި ސަގާފަތާ ވެސް ގުޅިލާމެހިފައި އޮތް ކަމެއް. ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް އެކަމުގެ ސަބަބުން އޮތް ޒިންމާ ބޮޑު. އެއީ ހަމައެކަނި އިގުތިސޯދީ ސަބަބުތަކަށް ނޫން, ދިރިދެމިތިބުމާ ގުޅިފައިވާތީ," ޝިޔާމްގެ ވާހަކަ ފައްޓަވަމުން ވިދާޅުވި އެވެ.

Advertisement

އެކަން ހާސިލުކުރުމުގެ ގޮތުން މި ސަރުކާރުން ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ގެނެސް އެ މިނިސްޓްރީގެ ދަށުން ކަނޑުގެ ހުރިހާ ދިރުމަކާ ގުޅޭ ކަންކަން ކުރުން ހިމަނާފައިވާކަން ޝިޔާމް ފާހަގަކުރެއްވި އެވެ. މަސްވެރިކަމުގެ ސިނާއަތަށް އާ އީޖާދީ ބަދަލުތައް ގެނެސް, ސިންދަފާތުވުމަށް ފުރުސަތު ދީ, އުފެއްދުންތަކުގެ އަގު އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގައި އަހަރެއްގެ މައްޗަށް 100,00 ޓަނަށްވުރެ ގިނަ ކަޅުބިލަމަސް ބާނާ ކަމަށާއި އޭގެ ތެރެއިން 60 ޕަސެންޓަށްވުރެ ގިނަ އަދަދެއް ޕްރޮސެސް ކުރުމަށް ފޮނުވަނީ ބޭރަށް ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ. ސަރުކާރުގެ އަމާޒުހުރީ އެކަން ބަދަލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީން ކުރަން ބޭނުންވަނީ ރާއްޖެއަކީ ދެން ހަމައެކަނި ރޯ މަސް ބޭރުކުރާ ތަނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި, އަޅުގަނޑުމެންގެ އުފެއްދުންތަކުގެ އަގު އިތުރުކުރުން (ވެލިއު އެޑް ކުރުން). ސަރުކާރުން އިސްކަން ދެނީ އާ މާކެޓުތަކަށް އެކްސްޕޯޓުތައް އިތުރުކުރުމަށް އިންފްރާސްޓްރަކްޗާ ގާއިމުކޮށް މީހުންނަށް އާ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން," ޝިޔާމް ވިދާޅުވި އެވެ.

އެކަން ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސް ޕްރޮސެސް ކުރުމަށް ކާރުހަނާ އަޅަމުންދާކަން ޝިޔާމް ފާހަގަކުރެއްވި އެވެ. ދ. މާދެއްޔާއި ގދ. ފިޔޯރީ އަދި ޅ. ފެލިވަރުގައި މަސް ފެކްޓްރީ އަޅަން ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox