އައްޑޫ އެއާޕޯޓު ކުންފުންޏަށް އާ އެމްޑީއެއް، އެހެން 10 ކުންފުންޏަކަށް އާ ބޯޑު މެމްބަރުން

May 19, 2024, 11:57 AM
ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ހުންނަ ފިނޭންސުގެ އިމާރާތް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ހުންނަ ފިނޭންސުގެ އިމާރާތް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މި ސަރުކާރުން ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން ނިމުނު ހަފުތާގެ ތެރޭގައި ކުންފުނިތަކަށް އައްޔަނުކުރި ބޯޑު މެމްބަރުންގެ ނަންތައް މިއަދު އާންމުކޮށްފި އެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ 11 ކުންފުންޏެއްގެ ބޯޑަށް އައްޔަންކުރި މީހުންނާއި، މުޅިން އަލަށް އެކުލަވާލި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްއެފްއޯއާރުއެމްޕީސީ)ގެ ބޯޑަށް އައްޔަނުުކުރި މީހުންގެ ނަންތަން ހާމަކޮށްފަ އެވެ.

ޕީސީބީން އާންމުކުރި ލިސްޓުން ފާހަގަކޮށްލެވޭ އެންމެ ބަދަލަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑު (އޭއައިއޭ)އަށް އާ މެނޭޖިން ޑިރެކްޓަރަކު ހަމަޖެއްސުމެވެ. އޭއައިއޭގެ އާ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރީ މުހައްމަދު ވަހީދު ހުސެއިނެވެ. އޭނާއަކީ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ އެވެ.

ސަރުކާރު ކުންފުނިތަކަށް އައްޔަނުކުރި އެހެން ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެނީ:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) - އަލީ ފާރިސް
  • އެސްއެމްއީ ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) - މުހައްމަދު މާއިޒު މުނާޒު
  • ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) - މުހައްމަދު ސައީދު
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) - އަހުމަދު ސިރާޖު
  • ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) - އައިޝަތު ވަފާ މުހައްމަދުމަނިކު
  • މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ޝަޒްނާ މުހައްމަދާއި ޒުލައިހާ ޔޫމީ ރަޝީދު
  • ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) - އަލީ މައުސޫމް
  • މޯލްޑިވްސް އެއާ ޓްރެފިކް ސާވިސަސް ލިމިޓެޑް - ހަސަން މިރާސް
  • ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) - ޔޫސުފް ވަހީދު

އޭގެ އިތުރުން ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ޗެއާމަނަކަށް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ހަމަޖައްސާފައިވާ ކަމަށް ވެސް ޕީސީބީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox