ލެވަކޫސަނުން ބަލިނުވެ ލީގުގެ އައްޑަަނަ އުފުލާލައިފި

May 18, 2024, 4:55 PM
ލެވަކޫސަނުން ބަލިނުވެ ލީގުގެ އައްޑަަނަ އުފުލާލައިފި

ބާލިން (މެއި 18) - ޖަރުމަނު ލީގުގެ ފަހު މެޗުގައި، އޮއުސްބާގް އަތުން 2-1 އިން މޮޅުވެ، ބަޔާ ލެވަކޫސަނުން ބަލިނުވެ، ލީގު ޗެމްޕިއަންކަން ހޯދައި، ޖަރުމަނު ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

ލެވަކޫސަނުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދިއިރު، އެ ކާމިޔާބީ ހާއްސަވަނީ މިއީ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން މެޗަކުން ބަލިނުވެ ޓީމަކުން ހޯދި ފުރަތަމަ ފަހަރެވެ.

ލެވަކޫސަނުން ލީގު ޗެމްޕިއަންކަން ޔަގީންކުރީ ބާކީ ފަސް މެޗު އޮއްވަ އެވެ.

ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، ލެވަކޫސަނަކީ ބަލިނުވެ، ލީގު ޗެމްޕިއަންކަން ހޯދި ތިން ވަނަ ޓީމެވެ. މީގެ ކުރިން އެކަން ހާސިލްކުރީ، 2003-2004 ވަނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އާސެނަލާއި، 2011-2012 ވަނަ އަަހަރުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި ޔުވެންޓަސް އެވެ.

ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ލެވަކޫސަނުން މި ވަނީ ބަލިނުވެ، ސީޒަނުގެ ހުރިހާ މުބާރާތެއްގައި 51 މެޗު ހަމަކޮށްފަ އެވެ. އެ ޓީމަށް އަދި ޖަރުމަނު ކަޕާއި ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ޖަރުމަނު ލީގުގެ އެއް ވަނައިގައި ލެވަކޫސަން އޮތީ 34 މެޗުން، 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކް 4-0 އިން ބަލިކުރި ސްޓުޓްގާޓް އެވެ. އެ ޓީމަށް ވަނީ 34 މެޗުން 73 ޕޮއިންޓް ލިބިފަ އެވެ.

އެންމެ ފަހުން 11 ފަހަރު ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކް މި ސީޒަން ނިންމާލަން ޖެހުނީ ތިން ވަަނައިގަ އެވެ. އެ ޓީމު މިރޭ ވަނީ ހޮފެންހައިމް އަތުން 4-2 އިން ބަލިވެފަ އެވެ. ބަޔާނަށް 34 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ.

ލީގުގައި މިރޭ، އައިންޓްރަކްޓް ފްރޭންކްފާޓާ 2-2 އިން އެއްވަރުކޮށް، ލިބުނު ޕޮއިންޓާ އެކު، ލައިޕްޒިގަށް ވަނީ ލީގުގެ ހަތަރު ވަނަ ލިބިފަ އެވެ. އެއީ، 34 މެޗުން 65 ޕޮއިންޓާ އެކު އެވެ. މާކޯ ރެއުސް، ޑޯޓްމަންޑް ދަނޑުގައި ކުޅުނު ފަހު މެޗުގައި، ޑަމްސްޓަޑް އަތުން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވީ، 4-0 އިންނެވެ. ޑޯޓްމަންޑް، ފަސް ވަނައިގައި އޮތީ، 34 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox