ޔުވެންޓަސް އިން އަލެގްރީ ވަކިކޮށް، ކޯޗުކަން މޮޓާ އަށް ހުށަހަޅައިފި

May 18, 2024, 7:33 AM
ޔުވެންޓަސް އިން އަލެގްރީ ވަކިކޮށް، ކޯޗުކަން މޮޓާ އަށް ހުށަހަޅައިފި

ޓިއުރިން (މެއި 18) - ޔުވެންޓަސްގެ ކޯޗުކަމުން މަސިމޯ އަލެގްރީ ވަކިކުރުމަށް ފަހު، އެ މަގާމަށް ބޮލޯނިއާގެ ކޯޗަކަށް ހުރި ތިއާގޯ މޮޓާ ގެނެވޭތޯ ޔުވެންޓަސް އިން މަސައްކަތް ފަށައިފި އެވެ.

އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ޔުވެންޓަސް އަށް ހޯދައިދިންތާ ދެ ދުވަސް ފަހުން އަލެގްރީ ވަކިކުރަން އެ ކްލަބުން ނިންމީ ޑިސިޕްލިނަރީ މައްސަލަތަކަަކަށް ވެސް ބެލުމަށް ފަހު އެވެ.

އެ ގޮތުން، ފައިނަލް މެޗުގެ ފަހު ވަގުތު، މެޗު އޮފިޝަލަކާ ޒުވާބުކުރުމުން އަލެގްރީ އަށް ކާޑު ދައްކައި ދަނޑުން ފޮނުވާލިއިރު، އެ ވަގުތު އޭނާ ވަނީ ސްޕޯޓިން ޑިރެކްޓަރަށް އަތުން ހަނާއަޅައިފަ އެވެ.

Advertisement

އަލެގްރީގެ މި ހަރަކާތްތަކުގެ މައްސަލަ، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަންގެ ޑިސިޕްލިނަރީ ބޯޑުން އަންނަނީ ބަލަމުންނެވެ. އެއާ އެކު، ޔުވެންޓަސް އިން އިއްޔެ ނިންމާފައިވަނީ އަލެގްރީ އެ ޓީމުގެ ކޯޗުކަމުން ވަގުތުން ދުރުކުރުމަށެވެ.

ޔުވެންޓަސް އިން ކުރިން ނިންމާފައި އޮތީ ސީޒަން ނިމުމުން އަލެގްރީ ވަކިކުރާގޮތަށެވެ. އެކަމަކު، އެ ކްލަބުން ގަބޫލުނުކުރާ އަހުލާގީ މައްސަލަތަކެއް އައުމުން ވަގުތުން ގޮތެއް ނިންމީ އެވެ.

މޮޓާ ވަނީ އިޓާލިއަން ލީގުގެ ގަދަ ހަތަރެއް ބޮލޯނިއާ އަށް ކަށަވަރުކޮށްދީ އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީފައި.--

ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ފަހު ދެ މެޗުގައި ކުޅެން ޖެހެނީ މޮންޒާ އާއި ބޮލޯނިއާއާ އެވެ. މީގެ ތެރެއިން ބޮލޯނިއާގެ ކޯޗަކަށް ހުރި މޮޓާ އަށް ޔުވެންޓަސް އިން ވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ.

މޮޓާ، ގޮތެއް ނިންމާނީ ސީޒަނަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބޮލޯނިއާ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޔުވެންޓަސްއާ އެއްވަރަށް، 36 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ.

އަލެގްރީ އެންމެ ފުރަތަމަ ޔުވެންޓަސް ކޯޗަކަށް ހުރީ 2014 އިން 2019 އަށެވެ. އެ މުއްދަތުގައި ކޮންމެ އަހަރަކު، ލީގު ޗެމްޕިއަންކަން ހޯދި އެވެ. އަދި ހަތަރު ފަހަރު އިޓާލިއަން ކަޕް ހޯދައި، ޗެމްޕިއަންސް ލީގު ފައިނަލް ދެ ފަހަރު ކުޅުނެވެ.

ޔުވެންޓަސް، 2019 ވަނަ އަހަރު ދޫކޮށްލައި، ދެ ސީޒަނުގައި މަސައްކަތް ނުކޮށް ހުރުމަށް ފަހު، އެނބުރި އައީ ޔުވެންޓަސް އަށެވެ. މިދިޔަ ތިން އަހަރު ތެރޭ، ޔުވެންޓަސް އަށް ހޯދުނު ހަމައެކަނި ތަށްޓަކީ، މި ސީޒަނުގެ އިޓާލިއަން ކަޕް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox