ޕެރިސް (މެއި 17) - އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ އަށް ފްރާންސް އިން ނެގި ސްކޮޑުގައި މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހިމަނައިފި އެވެ.
ސައުދީގެ އަލް އިއްތިހާދަށް ކުޅެމުންދާ ކާންޓޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2022 ވަނަ އަހަރެވެ. އެހެން ނަމަވެސް ޖަރުމަނުގައި އަންނަ މަހު ފަށާ ޔޫރޯ އަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނެގި ސްކޮޑުގައި ކާންޓޭ އަށް ވަނީ ފުރުސަތު ދީފަ އެވެ.
ކާންޓޭ އަކީ 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ފްރާންސް ކާމިޔާބުކުރިއިރު، އެ ފަހަރުގެ ޓީމުގައި މުހިންމު ކުޅުންތެރިއެކެވެ.
ޑެޝޯމްޕްސް ބުނީ ކާންޓޭ ،33، ސްކޮޑަށް ނެގި އެންމެ ބޮޑު ސަބަބަކީ އޭނާގެ ތަޖުރިބާ ކަމަށެވެ.
"ކާންޓޭ މިހާރު ފިޓު. ކާންޓޭގެ ތަޖުރިބާއާ އެކު، އަހަރެން ގަބޫލްކުރަނީ ފްރާންސްގެ ސްކޮޑް އިތުރަށް ވަރުގަދަވާނެ ކަމަށް،" ކާންޓޭ ބުންޏެވެ.
ފްރާންސްގެ ސްކޮޑުގައި ޕީއެސްޖީގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ޒައޭރް އެމެރީ އަދި ބްރެޑްލީ ބަކޯލާ އަށް ވަނީ ޖާގަ ދީފަ އެވެ.
ބަޔާން މިއުނިކްގެ ލޫކަސް ހެނާންޑޭޒް އަށް ސްކޮޑުން ޖާގަ ނުލިބުނީ އަނިޔާގެ ސަބަބުންނެވެ.
އަނިޔާގައި ހުރުމަށް ފަހު ދާދި ފަހުން ފިޓުވި ޗެލްސީގެ ފޯވަޑް ކްރިސްޓަފާ އެންކުންކޫ އާއި ކްރިސްޓަލް ޕެލެސްގެ މައިކަލް އޮލީސޭ އަށް ސްކޮޑުން ޖާގައެއް ނުލިބުނެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރޯގެ ކުރިން ފްރާންސް އިން ލަގްޒެމްބާގް އަދި ކެނެޑާއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. ގުރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 17 ވަނަ ދުވަހު ފްރާންސް ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. މި ގުރޫޕްގައި ދެން އޮތީ ނެދަލޭންޑްސް އާއި ޕޮލެންޑް އެވެ.
ޔޫރޯ އަށް ފްރާންސް ނެގި ސްކޮޑް:
ގޯލްކީޕަރުން: އަލްފޮންސޭ އަރިއޯލާ (ވެސްޓް ހޭމް)، މައިކް މައިގްނަން (އޭސީ މިލާން)، ބްރައިސް ސަމްބާ (ލޯންސް)
ޑިފެންޑަރުން: ޖޮނަތަން ކްލައުސް (މާސޭ)، އިބްރާހިމް ކޮނާޓޭ (ލިވަޕޫލް)، ވިލިއަމް ސަލީބާ (އާސެނަލް)، ޖޫލްސް ކޫންޑޭ (ބާސެލޯނާ)، ތިއޯ ހެނާންޑޭޒް (އޭސީ މިލާން)، ފެލާންޑް މެންޑީ (ރެއާލް މެޑްރިޑް)، ބެންޖަމިން ޕަވާޑް (ބަޔާން މިއުނިކް)، ޑަޔޯ އަޕަމެކާނޯ (ބަޔާން މިއުނިކް)
މިޑްފީލްޑަރުން: އެންގޯލޯ ކާންޓޭ (އަލް އިއްތިހާދު)، އެޑުއާޑޯ ކަމަވިންގާ (ރެއާލް މެޑްރިޑް)، އަޑްރިއެން ރަބިއޯ (ޔުވެންޓަސް)، އެންޓުއާން ގްރީޒްމަން (އެތުލެޓިކޯ މެޑްރިޑް)، އައުރަލިއެން ޝުއަމެނީ (ރެއާލް މެޑްރިޑް)، ވަރެން ޒައޭރް އެމެރީ (ޕީއެސްޖީ)، ޔޫސެފް ފޮފާނާ (މޮނާކޯ)
ފޯވަޑުން: ކިލިއަން އެމްބާޕޭ (ޕީއެސްޖީ)، ބްރެޑްލީ ބަކޯލާ (ޕީއެސްޖީ)، އުސްމާނޭ ޑެމްބެލޭ (ޕީއެސްޖީ)، ކިންގްސްލީ ކޯމަން (ބަޔާން މިއުނިކް)، މާކަސް ތުރާމް (އިންޓަ މިލާން)، ރަންޑަލް ކޯލޯ މުއާނީ (ޕީއެސްޖީ)، އޮލިވިއޭ ޖިރޫ (އޭސީ މިލާން).












