ދިރާގުން ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަސް އަދި އިންފޮމޭޝަން ސޮސައިޓީ ޑޭ ކުލަގަދަކޮށް މިއަދު ފާހަގަކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ކުރިއަށް ގެންދިޔަ ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއޭއެމް) ގެ ސީއީއޯ އިލްޔާސް އަހުމަދު އަދި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދުގެ އިތުރުން ދިރާގުގެ މެނޭޖުމަންޓުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ދަރިވަރުން ވެސް ބައިވެރިވެފައިވާއިރު، މިފަދަ ރަސްމިއްޔާތެއް ބޭއްވުމުގެ އަމާޒަކީ ކުރިއަށް އޮތް ޖީލު ޑިޖިޓަލް ޒަމާނަށް ހޭނުވުން ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާލުވީ ދިވެހި މުޖުތަމައު ޑިޖިޓަލް ޒަމާނަކަށް އަހުލުވެރި ކުރުވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި އިވެންޓުގައި ޕެނަލް ޑިސްކަޝަންއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައި އެވެ. އެ ޕެނަލް ޑިސްކަޝަންގައި ދިރާގުގެ ސައިބާ ސެކިއުރިޓީ ހެޑްއާއި ދިރާގުގެ ބައެއް އިސްވެރިން އަދި ޔޫއެންޑީޕީގެ ފަރާތުން ވެސް ވަނީ ބައިވެރިވެފަ އެވެ.










