އަނިޔާގައި ހުރި ޑި ޔޯން ނެދަލެންޑްސްގެ ޔޫރޯ ސްކޮޑަށް

May 17, 2024, 9:21 AM
އަނިޔާގައި ހުރި ޑި ޔޯން ނެދަލެންޑްސްގެ ޔޫރޯ ސްކޮޑަށް

އަމްސްޓެޑަމް، ނެދަލެންޑްސް (މެއި 17) - ކުޑަހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު، ފްރޭންކީ ޑި ޔޯން، އަށް ގައުމުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން ފުރުސަތު ދީފި އެވެ.

ބާސެލޯނާ އަށް ކުޅެނިކޮށް، ޑި ޔޯންގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ހެދި އޭނާ ކުުޅުމާ ދުރުގައި ހުންނަތާ މިހާރު ވަނީ މަހެއްހާ ދުވަސް ވެފަ އެވެ. އެކަމަކު، އެ ކަމަށް ބެލުމެއް ނެތި، ޑި ޔޯންގެ ފިޓްނަސް ރަނގަޅުކަން ސާބިތުކޮށްދޭން، ނެދަލެންޑްސްގެ ކޯޗު، ރޮނާލްޑް ކޫމަން މި ވަނީ ފުރުސަތެއް ދީފަ އެވެ.

ކޫމަންގެ މި ނިންމުމަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެއީ، އަނިޔާއިން ރިކަވާވެ، މެޗު ފިޓްނަސް ރަނގަޅު ކުރަން މަސައްކަތް ކުރަމުން އަންނަ އާސެނަލްގެ ފުބްލެކް ޔޫރިއަން ޓިމްބާ އަށް ފުރުސަތު ނުދިނުމުންނެވެ.

ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އާއި ކޯޑީ ގަކްޕޯ އަދި ރަޔާން ގްރަވެންބާކް އަށް ވެސް ވަނީ ސްކޮޑުން ފުރުސަތު ދީފަ އެވެ. އަދި ކުރިން ލިވަޕޫލާއި ޕީއެސްޖީ އަށް ކުޅުނު ޖިއޮޖީނިއޯ ވައިނަލްޑަމް ވެސް ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. ސައުދީ އަރަބިއްޔާގެ އަލް އިއްތިފާގަށް ކުޅެމުން އަންނަ ވައިނަލްޑަމް އަށް މިދިޔަ މާޗް މަހު ސްކޮޑުން ފުރުސަތު ދިނީ، ނުވަ މަސް ދުވަހަށް ފަހު އެވެ.

ނެދަލެންޑްސް އިން ސްކޮޑު، 26 ކުޅުންތެރިންނަށް ކުޑަކުރާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. ޔޫރޯގެ ކުރިން ނެދަލެންޑްސް އިން ދެ މެޗެއް ކުޅޭނެ އެވެ. އެއީ، އައިސްލެންޑާއި ކެނަޑާއާ ދެކޮޅަށެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯގައި ނެދަލެންޑްސް އޮތީ، ޕޮލެންޑާއި ފްރާންސާއި އޮސްޓްރިއާއާ އެކު، ގްރޫޕް ޑީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox