އެއް ސީޒަނެއްގައި އެންމެ ގިނަ ރީނދޫ ކާޑު ޗެލްސީ އަށް

May 16, 2024, 6:23 AM
އެއް ސީޒަނެއްގައި އެންމެ ގިނަ ރީނދޫ ކާޑު ޗެލްސީ އަށް

ލަންޑަން (މެއި 16) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ރީނދޫ ކާޑު ލިބުނު ޓީމުގެ ރެކޯޑް ޗެލްސީ އަށް ލިބިއްޖެއެވެ.

މި ރެކޯޑް ޗެލްސީ އަށް ލިބުނީ ލީގުގައި ރޭ ބްރައިޓަން އަތުން މޮޅުވި މެޗުގައި ދެއްކި ރީނދޫ ކާޑުތަކާއެކު އެވެ. މެޗުގެ 77 ވަނަ މިނިޓުގައި ޗެލްސީގެ ރަހީމް ސްޓާލިން އަށް ދެއްކި ރީނދޫ ކާޑަކީ މި ސީޒަންގައި އެ ޓީމަށް ދެއްކި 102 ވަނަ ރީނދޫ ކާޑެވެ. އަދި އެ ޓީމުގެ މޮއިސެސް ކައެސޭޑޯ އަށް ވެސް ރީނދޫ ކާޑެއް ދެއްކުމުން، ރީނދޫ ކާޑުގެ ޖުމްލަ ވަނީ 103 އަށް އަރައިފަ އެވެ.

ކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ ރީނދޫ ކާޑު ދެއްކީ 2021/2022 ވަނަ އަހަރުގެ ސީޒަންގައި ލީޑްސް ޔުނައިޓެޑަށެވެ. އެ ސީޒަންގައި ލީޑްސް އަށް 101 ރީނދޫ ކާޑު ދެއްކިއެވެ.

މި ސީޒަންގައި ޗެލްސީން ރީނދޫ ކާޑެއް ނުހޯދައި ނިންމާލީ އެންމެ ދެ މެޗެވެ. އެ ޓީމުގެ މި ސީޒަންގައި މިހާތަނަށް ކުޅުނު 37 މެޗުގެ ތެރެއިން 30 މެޗުގައި އެ ޓީމަށް ވަނީ އެއް ރީނދޫ ކާޑަށް ވުރެ ގިނައިން ދައްކައިފައެވެ.

މި ސީޒަންގައި އެއް މެޗެއްގައި ޗެލްސީ އަށް އެންމެ ގިނައިން ރީނދޫ ކާޑު ދެއްކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ޗެލްސީ އަށް ހަ ރީނދޫ ކާޑު ދެއްކިއެވެ.

ޗެލްސީގައި އެންމެ ގިނަ ރީނދޫ ކާޑު ހޯދި ކުޅުންތެރިއަކީ ކައެސޭޑޯ އެވެ. އޭނާ ވަނީ 11 ކާޑު ހޯދައިފަ އެވެ.

އެކަމަކު ކައެސޭޑޯ އަށްވުރެ ގިނަ ރީނދޫ ކާޑު ހޯދާފައިވަނީ ފުލަމްގެ މިޑްފީލްޑަރު ޖޯ ޕާލީނިއާ އެވެ. އޭނާ ވަނީ 13 ކާޑު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox