ޗެލްސީ އަށް ހުއްޓުމެއް ނެތް، ޔުނައިޓެޑަށް ވެސް މޮޅެއް

May 16, 2024, 1:16 AM
ޗެލްސީގެ ޕާމާ އުފާފާޅުކުރަނީ.

ޗެލްސީގެ ޕާމާ އުފާފާޅުކުރަނީ.

ލަންޑަން (މެއި 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 2-1 އިން ކުރިހޯދައި ޗެލްސީން މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ވެސް ކުރިއަށް ދިއުމުގެ އުންމީދެއް ހޯދައިފި އެެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅާ އެކު، ޗެލްސީ އޮތީ ހަ ވަނައިގަ އެވެ. އެއީ 37 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ އަށް ފަސް ވަނައިގައި ނިންމުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ފަހު މެޗުން ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް ބަލިވެއްޖެނަމަ އެވެ. ޓޮޓެންހަމް މި ވަގުތު އޮތީ 37 މެޗުން 63 ޕޮއިންޓާ އެކު އެވެ.

ހަތް ވަނައިގައި އޮތީ 37 މެޗުން 57 ޕޮއިންޓާ އެކު، ނިއުކާސަލް އެވެ. ޔުނައިޓެޑް އަށް ވަނައިގައި އޮތީ ހަމަ، 37 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

ޔުނައިޓެޑް ދަނޑުގައި ރޭ އެ ޓީމުން ލީޑުނެގީ ފުރަތަމަ ހާފުގައި ކޯބީ މައިނޫ ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފް ފަށައިގެން މާގިނައިރެއްނުވެ، އެންތަނީ ގޯޑަން، ނިއުކާސަލަށް އެއްވަރުކޮށްދިންތާ މާ ގިނައިރެއްނުވެ، އަމަދު ޑިއާލޯ ލަނޑެއް ޖަހައި، އަލުން ޔުނައިޓެޑަށް ކުރި ހޯދައިދިނެެވެ.

ނަތީޖާ ހަމަހަމަކުރަން ނިއުކާސަލްގެ ސީން ލޯންގްސްޓާފް އާއި މިގޭލް އަލްމިރޯނަށް ލިބުނު ފުރުސަތުތައް ނަގާލި ފަހުން، ބަދަލަކަށް އެރި ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑް ލަނޑު ޖަހައި، ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ. މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެެރޭގައި ހޮއިލުންޑް ޖެހި ފުރަތަމަ ލަނޑެވެ.

ޔުނައިޓެޑްގެ ލަނޑު ޖެހި ހޮއިލުންޑަށް ފުރުސަތު ތަަނަވަސްކޮށްދިން ފެނާންޑޭސްއާ އެކު އުފާފާޅުކުރަނީ.

އިތުރު ވަގުތުގައި ނިއުކާސަލްގެ ލެވިސް ހޯލް ލަނޑެއް ޖަހައި، ފަރަގު ކުޑަކުރި ނަމަވެސް، އިތުރު ގޯލެއް ޖަހައި، އެއްވަރުކުރަން ވަގުތެއް ނުލިބުނެވެ.

ބްރައިޓަން ދަނޑުގައި ޗެލްސީން ލީޑުނެގީ، ފުރަތަމަ ހާފުގައި ކޯލް ޕާމާ ބޮލުން ޖެހި ގޯލުންނެވެ. މިއީ މި ފަހަރު ލީގުގައި ޕާމާ ޖެހި 22 ވަނަ ލަނޑެވެ.

ދެ ވަނަ ހާފުގައި ކްރިސްޓޮފާ އެންކުންކޫ ވަނީ ލަނޑެއް ޖަހައި ޗެލްސީ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

ޗެލްސީން ދެ ގޯލު ކުރީގައި އޮއްވައި، އެ ޓީމުގެ ކެޕްޓަން، ރީސް ޖޭމްސް ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރަތް ކާޑެއް ދެއްކި އެވެ. މިއީ މި ސީޒަނުގައި ޖޭމްސް ހޯދި ދެ ވަނަ ރަތް ކާޑެވެ. ޗެލްސީގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ބްރައިޓަންގެ ޑެނީ ވެލްބެކް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox