ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަންލިމިޓެޑް ގްރޫޕް ކޯލިން ކުރެވޭފަދަ މުޅިން އާ އެޑް-އޮންއެއް ތައާރަފްކޮށްފި އެވެ.
މި އޮފާއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް "ވާހަކަ" އެޑް-އޮން އެކްޓިވޭޓްކޮށްގެން، އެ އެޑް-އޮން އެކްޓިވޭޓްކުރާ އާއިލާ މެމްބަރުންނާއި ރައްޓެހިންނަށް ހިލޭ ގުޅާލެވޭނެ އެވެ.
މި އެޑް-އޮންއާއެކު އެންމެ 50ރ. އަށް، 30 ދުވަހުގެ މުއްދަތަށް އަންލިމިޓެޑް ކޯލް ކުރެވުމުގެ އިތުރުން އެއް ޖީބީގެ މޮބައިލް ޑޭޓާވެސް ލިބޭނެ އެވެ. އަދި ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބާ މެދުވެރިކޮށް ކޯލިން ގްރޫޕްގައި ބައިވެރިވުމުގެ ދައުވަތު އާއިލާއަށާއި ރައްޓެހިންނަށް ފޮނުވާލެވޭނެ އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ މި އޮފާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން، ދިރާގު ނެޓްވަރކް މެދުވެރިކޮށް، ގުޅުވާލުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ.
"ކަސްޓަމަރުން އެކަކު އަނެކަކާ މުވާސަލާތީ ގޮތުން ފަސޭހަކަމާއެކު ގުޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިފަދަ އޮފާއެއް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ހަސަން ޝާރިހު ބުންޏެވެ.
ދިރާގު އެޕް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި އެޑް-އޮން އެކްޓިވޭޓްކޮށްލެވޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، ހިތްގައިމު އައު އޮފަރތަކާއެކު އެފަރާތްތަށް ޑިޖިޓަލްކޮށް ގުޅުވާލެވޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.











