ޓީޗިން ހޮސްޕިޓަލަކާ އެކު އެމްއެންޔޫ މެޑިކަލް ސްކޫލް އަޅަން ކޮންޓްރެކްޓަރެއް ހޯދަނީ

ޓީޗިން ހޮސްޕިޓަލަކާ އެކު އެމްއެންޔޫ މެޑިކަލް ސްކޫލް އަޅަން ކޮންޓްރެކްޓަރެއް ހޯދަނީ

ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ހިންގަމުންދާ މޯލްޑިވްސް ނެޝަނަލް ޔުނިވާސީޓީ (އެމްއެންޔޫ)ގެ މެޑިކަލް ސްކޫލުގެ އާ އިމާރާތެއް އެޅުމަށް ކޮންޓްރެކްޓަރެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެ ޔުނިވާސިޓީން ހުޅުވާލައިފި އެވެ.

ގެޒެޓުގައި އިއްޔެ ކުރި އިއުލާނެއްގައި އެ ޔުނިވާސިޓީން ވަނީ އެ މަސައްކަތް ކުރުމަށް ގާބިލުކަން ހުރި ރާއްޖެ އަދި ބޭރުގެ ކޮންޓްރެކްޓަރުންނަށް ޖޫން 27, ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ މައުލޫމާތު ބައްދަލުވުމެއް މެއި 27, ގައި ބާއްވާނެ އެވެ.

އެ އިއުލާނުގައިވާ ގޮތުން މިއީ ރާއްޖެ އާއި ދެކުނު އޭޝިއާގައި ސިއްހީ ދާއިރާއިން ތައުލީމާއި ތަމްރީނު ހޯދުމަށް އިތުރުވަމުންދާ ޑިމާންޑަށް ހިދުމަތް ދެވޭ ގޮތަށް ޓީޗިން ހޮސްޕިޓަލަކާ އެކު ތަރައްގީކުރާ މެޑިކަލް ސްކޫލެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން, ކިޔަވައިދޭ ތަންތަނާއި, ސެމިނާ ރޫމްތަކާއި, އޮޑިޓޯރިއަމަކާއި, ލެބޯޓަރީ އަދި ސްކޫލަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރާނެ އެވެ.

ކޮންމެ އިންޓޭކެއްގައި 100 ދަރިވަރުންނަށް ފުރުސަތު ދެވޭނެ ކަމަށާއި އަދި ފުލް ކެޕޭސިޓީގައި 500 ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެވޭނެ ފެންވަރަށް މި ސްކޫލް ތަރައްގީކުރާނެ އެވެ.

މި ސްކޫލާއި ޓީޗިން ހޮސްޕިޓަލުގެ ޑިޒައިންކޮށް ކުރަހާނީ އެމްއެންޔޫއިންްނެވެ. މި ސްކޫލް އަޅާނީ 61,000 އަކަފޫޓަށް ވުރެ ބޮޑު ކޮށްޓެއްގަ އެވެ.

މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލުން، އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ދާދިފަހުން ސަރުކާރުން ނިންމި އެވެ. ނަމަވެސް, އެކަމާ ދެކޮޅަށް ދަރިވަރުން އަޑުއުފުލުމުން އެ ނިންމުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޓިޗިން ހޮސްޕިޓަލެއް އެޅުމަށް ފެބްރުއަރީ 8, ގައި އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ. ބެލެވޭ ގޮތުގައި މި ހޮސްޕިޓަލް އަޅާނީ އެ ގައުމުގެ އެހީގެ ދަށުންނެވެ.

ސްކޫލް އޮފް މެޑިސިން 2018 ވަނަ އަހަރު ގާއިމުކޮށް، ދަރުމަވަންތަ ހަސްފަތާލުގެ ދެ ފަންގިފިލާއެއް އެމްއެންޔޫއަށް އަށް ދޫކޮށްފައިވަނީ ސްކޫލް އޮފް މެޑިސިން ހިންގަން ޓީޗިން ހޮސްޕިޓަލެއް އިމާރާތްކޮށް ނިމެންދެކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox