އާސެނަލްގެ ސަޕޯޓާ އެކު ވެސް ޓޮޓެންހަމަށް ސިޓީ ގުޑުވައެއް ނުލެވުނު

May 14, 2024, 9:33 PM
ިސިޓީގެ ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ިސިޓީގެ ހާލަންޑް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި 2-0 އިން މޮޅުވެ، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް މެންޗެސްޓާ ސިޓީން ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ޕްރިމިއާ ލީގުގެ ތާރީހުގައި މިހާތަނަށް އެއްވެސް ޓީމަކަށް ޖެހިޖެހިގެން ހަަތަރު ފަހަރު ތަށި ނުހޯދެ އެވެ. އެހެންކަމުން، ސިޓީ އަށް ފުރުސަތު ފަހިވެފައި މި އޮތީ، ތާރީހީ ރެކޯޑެއް ހާސިލްކުރުމަށެވެ.

ސިޓީ މި މެޗަށް ނުކުތްއިރު، ލީގުގެ ކުރީގައި އޮތީ އާސެނަލް އެވެ. ޓޮޓެންހަމް، މިރޭ، ސިޓީ ކައިރިން ނަތީޖާއެއް ނެރެން އެންމެ ބޮޑަށް އެދުނު އެއް ޓީމަކީ، ސަރަހައްދީ ގޮތުން، ޓޮޓެންހަމްގެ އެންމެ ބޮޑު ވާދަވެރިޔާ، އާސެނަލް އެވެ. އާސެނަލަށް ލީގު ޗެމްޕިއަންކަން ލިބުމުގައި ޓޮޓެންހަމް އަށް އެހީތެރިވެދެވެން ފުރުސަތު އޮތެވެ.

މި މެޗުގެ ކުރިން އާސެނަލްގެ މިހާރުގެ ފޯވާޑް، ކައި ހަވާޓްޒް އާއި ކުރީގެ މިޑްފީލްޑަރު، މެސުޓް އޮޒިލް ވެސް ވަނީ ޓޮޓެންހަމް އަށް "ވަރަށް ބޮޑަށް" ސަޕޯޓް ކުރާނެ މޭރުމުން ވާހަަކަ ދައްކައިފަ އެވެ. އަނެއްކޮޅުން، މި މެޗަށް ޓޮޓެންހަމްގެ ބައެއް ސީޒަން ޓިކެޓް ހޯލްޑަރުން، އާސެނަލް ސަޕޯޓަރުންނަށް ޓިކެޓް ވިއްކި މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

އެކަމަކު، މި ހުރިހާ ކަމަކަށް ވިސްނުމެއް ނެތި، ސިޓީން ވަނީ މުހިންމު މޮޅެއް ހޯދައި، 10 ވަނަ ފަހަރަށް ލީގު ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. މި މެޗުގެ ކުރިން ޓޮޓެންހަމް ދަނޑުގައި މި ދެ ޓީމުގެ ކުރިމަތިލުންތަކުގައި، ސިޓީ އަށް ލީގުގައި ޓޮޓެންހަމް ކޮޅަށް ގޯލެއް ވެސް ނުޖެހި އޮތުމުން، ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އޮތެވެ.

އެކަމަކު، މިރޭގެ މެޗުގެ، ދެ ވަނަ ހާފުގައި އާލިން ބްރައުޓް ހާލަންްޑް ޖެހި ދެ ގޯލާ އެކު، ސިޓީ މޮޅުވީ އެވެ.

ޓޮޓެންހަމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ރޮޑްރީގޯ ބެންޓަންކޫރު ޖެހި ބޯޅަ ސިޓީ ކީިޕަރު އެޑަސަން މަތަކުރި އެވެ. ފުރަތަމަ ހާފުގައި ސިޓީ އަށް ގޯލު ޖަހައިދޭން، ފިލް ފޯޑެން އަށް ހުސްކޮށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު، ގުގްލިއެލްމޯ ވިކާރިއޯ މަތަކުރީ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި، ޓޮޓެންހަމަށް ލަނޑެއް ޖަހައިދޭން ޓީމުގެ ކެޕްޓަން ސޮން ހެއުން މިން އަށް ލިބުނު ފުރުސަތުން ކުޑައޭރިއާތެރެއިން ޖެހި ބޯޅަ ކީޕަރު އެޑަސަން ހުއްޓުވި އެވެ.

ސިޓީން ލީޑުނެގީ 51 ވަަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ހާލަންޑް ޖެހި ލަނޑުންނެވެ.

ލީޑުނެގި ފަހުން، އަނިޔާގެ ސަބަބުން ސިޓީގެ ޑި ބްރޭނާ އާއި ކީޕަރު، އެޑަސަން ބަދަލުކުރަން ޖެހުނެވެ. ބަދަލުކުރުމުން އެޑަސަން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. އެކަމަކު، އެޑަސަންގެ ބަދަލުގައި ކުޅެން އެރި ކީޕަރު، ސްޓެފަން އޯޓޭގާ ވަނީ މޮޅު ދެ ބޯޅަ މަތަކޮށްފަ އެވެ. އެ ގޮތުން، ކުޑައޭރިއާތެރެއިން ޓޮޓެންހަމްގެ ޑޭޖާން ކުުލުސެވްސްކީ ޖެހި ބޯޅައިގެ އިތުރުން، ސިޓީގެ ޑިފެންޑަރު، މެނުއަލް އަކަންޖީ އަތުން ގެއްލުނު ބޯޅައެއް ހޯދައިގެން، އޭރިއާތެރެއަށް ހުސްކޮށް އައި، ސޮން ޖެހި ޝޮޓް ކީޕަރު އޯޓޭގާ ވަނީ ހުއްޓުވައިފަ އެވެ.

ލިބުނު ފުރުސަތުތަކުގެ ބޭނުން ޓޮޓެންހަމް އިން ނުހިފުމުގެ ނަތީޖާ ލިބުނީ ހިތިކޮށެވެ. ކައުންޓަ އެޓޭކުގައި ސިޓީން ވަނީ ލިބުނު ޕެނަލްޓީ އަކުން ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ހާލަންޑް މި ލަނޑު ޖެހިއިރު، މި ޕެނަލްޓީ ލިބުނީ، ސިޓީން ބަދަލަކަށް ކުޅެން އެރި ޖެރެމީ ޑޮކޫ އަށް ޓޮޓެންހަމްގެ ޕެޑްރޯ ޕޯރޯ ފައުލުކުރުުމުންނެވެ.

މި މޮޅާ އެކު، ފަހު މެޗަށްދާއިރު، ސިޓީ އެއް ވަނައިގައި އޮތީ، 37 މެޗުން 88 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަަލަށް 37 މެޗުން ވަނީ 86 ޕޮއިންޓް ލިބިފަ އެެވެ. އާދިއްތަ ދުވަހު، ސިޓީން އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފިނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ޔަގީންވީ އެވެ. އާސެނަލަށް ފުރުސަތު އޮތީ، ސިޓީ އަށް މޮޅުނުވެވިއްޖެނަމަ އެވެ. އާސެނަލް އެ ދުވަހު، އަމިއްލަ ދަނޑުގައި އެވަޓަންއާ ބައްދަލުކުރާނެ އެވެ.

ލީގުގެ ތިން ވަަނައިގައި އޮތް ލިވަޕޫލަށް 37 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް ވަނީ 37 މެޗުން 68 ޕޮއިންޓް ލިބިފަ އެވެ. މިރޭގެ ނަތީޖާއާ އެކު، އެސްޓަން ވިލާ އަށް ގަދަ ހަތަރެއް ވަނީ ޔަގީންވެފަ އެވެ. އެ ކްލަބުން، ފުރަތަމަ ފަހަރަށް އަންނަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅޭނެ އެވެ. އެސްޓަން ވިލާ އިން މީގެ ކުރިން، ކުޅެފައިވަނީ، ޗެމްޕިއަންސް ލީގުގެ ނަމަށް 1992 ވަނަ އަހަރު ރީބްރޭންޑް ކުރުމުގެ ކުރިން، ޔޫރަޕިއަން ކަޕްގެ ނަމުގައި މި މުބާރާތް ކުޅުނުއިރު އެެވެ. ޔޫރަޕިއަން ކަޕްގައި ވެސް އެސްޓަން ވިލާ ކުޅުނީ މީގެ 41 އަހަރު ކުރިންނެވެ.

ޓޮޓެންހަމް އަށް ގަދަ ހަތަރެއް ގެއްލި، އެ ޓީމު މި ވަގުތު ފަސް ވަނައިގައި އޮތީ، 37 މެޗުން 63 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް އިން ފަހު މެޗުގައި، ޕޮއިންޓެއް ހޯދައިގެން ވެސް ފަސް ވަނަ ކަށަވަރުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox