ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހު ރިޕޯޓުތައް ހާމަކުރަން މަރު ކޮމިޝަނުން އެދެނީ

މަރު ކޮމިޝަންގެ މެމްބަރުންތަކެއް. އެ ކޮމިޝަނުގެ ހޯދުންތައް ހިއްސާކުރަން ލާޒިމުވަނީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް --- ފޮޓޯ: ރައީސް އޮފީސް

މަރު ކޮމިޝަންގެ މެމްބަރުންތަކެއް. އެ ކޮމިޝަނުގެ ހޯދުންތައް ހިއްސާކުރަން ލާޒިމުވަނީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް --- ފޮޓޯ: ރައީސް އޮފީސް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ހޯދުންތަކާ ގުޅޭގޮތުން ގާނޫނީ ގޮތުން އުނިކުރަން ޖެހޭ ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހު އެކުލަވާލާ ރިޕޯޓުތައް ހާމަކުރުމަށް ރައީސް އޮފީހުގައި އެދޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ތަހުގީގުތަކުގެ ރިޕޯޓުތަކާއި ހޯދުންތައް ރައީސް އޮފީހުގެ ހުއްދަ ނެތި އެއްވެސް ބަޔަކާ ހިއްސާ ނުކުރުމަށް އެ ކޮމިޝަނަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި އިންސާފު ނުލިބި ތިބި އާއިލާތަކާއި ބައެެއް މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ބަޔާނެއް ނެރުނެވެ.

އެ ބަޔާނުގައި ވަނީ ތަހުގީގުގައި ބަޔާންދިން ހެކިވެރިންގެ މައުލޫމާތުތައް ރައްކާތެރި ކުރުމަށް ބައިބައި އުނިކޮށްފައިވާ ރިޕޯޓެއް އާއިލާތަކާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން ދިން ކަމަށާއި ނަމަވެސް އެންމެ ފަހު ވަގުތު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. މަރު ކޮމިޝަނުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

"މި ރިޕޯޓުތަކުގައި އެކުލެވޭ ގިނަ މައުލޫމާތުތަކަކީ ވަރަށް ހައްސާސީ އަދި ސިއްރު މައުލޫމާތުތަކެއް. ކޮމިޝަނުގެ އަމާޒަކީ އެ ބައިބައި އުނިކުރުމަށް ފަހު އެކުލަވާލާ ރިޕޯޓުތައް 31 މެއިގެ ކުރިން ނިންމާލުމަށް. ރިޔާސީ ކޮމިޝަނުގެ ގާނޫނުގައި އޮތީ ހުރިހާ ރިޕޯޓެއް ވެސް ހުށަހަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް," މިއަދު ނެރުނު ބަޔާނެއްގައި ރިޔާސީ ކޮމިޝަނުން މައުލޫމާތު ދިނެވެ.

އެ ރިޕޯޓުތައް ނިންމުމަށް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށާއި އެ ރިޕޯޓުތައް ހާމަކުރުމަށް ރައީސްގެ އަރިހުން އެދޭނެ ކަމަށް ވެސް މަރު ކޮމިޝަނުން ވަނީ ބުނެފަ އެވެ. ތަހުގީގުގެ ބޭނުމަށް އެއްކުރި ހުރިހާ މައުލޫމާތަކާއި ތަކެއްޗެއް ރައީސް އޮފީހާ ހަވާލުކުރުމަށް ވެސް ކޮމިޝަން ތައްޔާރުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ވީހާވެސް ހާމަކަން ބޮޑުކޮށް ކޮމިޝަނުގެ ކަންކަން ކުރިއަށް ގެންގޮސް މެންޑޭޓުގައި ކަނޑައަޅާފައިވާ ވަރުގެ ތަހުގީގުތަކެއް ކުރުމަށް ކޮމިޝަނުންނާއި, ބޭރުގެ ޕާޓްނަރުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ. މި ކުށްތަކަށް އިންސާފު ގާއިމުކޮށް ޖަވާބުދާރީ ކުރުމަށް ގެންގުޅެފައިވާނީ ވިކްޓިކް ސެންޓާޑް އެޕްރޯޗެއް," އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން އެ މައުލޫމާތުތައް ހާމަނުކުރެވޭނެ ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް އާއިލާތަކުން ބުނެ އެވެ. ގާނޫނުގެ ދަށުން މައުލޫމާތު ހާމަނުކުރެވޭ ގޮތަށް އޮތް މާއްދާއާ ގުޅޭގޮތުން ސުވާލު ކުރުމުން އެ ކަމަށް މަރު ކޮމިޝަނުން އިޖާބަ ދީފައި ނުވާ ކަމަށް އާއިލާތަކުންނާއި ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

މަރު ކޮމިޝަންގެ ފަރާތުން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ވަނީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ހިމަނާފައި ވަނީ ފުލުހުން ކުރިން ހޯދާފައިވާ ގިނަ މައުލޫމާތުތަކެކެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ރިޕޯޓެއް ނުނެރެ އެވެ.

މި މައްސަލަތަކާ ގުޅިގެން މިދިޔަ ސަރުކާރުގައި ތިން މީހުން ހައްޔަރުކުރި އެވެ. އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާތަކެއް އުފުލުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހު މަދަނީ މިންގަނޑުން މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް ކޯޓުން ބަލާފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox