ޖެހިޖެހިގެން ފަސް ވަނަ މެޗުން މޮޅުވެ، ބެންގަލޫރު އުންމީދެއް

May 13, 2024, 7:36 AM
ޖެހިޖެހިގެން ފަސް ވަނަ މެޗުން މޮޅުވެ، ބެންގަލޫރު އުންމީދެއް

ބެންގަލޫރު (މެއި 13) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ދެއްލީ ކެޕިޓަލްސް އަތުން 74 ލަނޑުން މޮޅުވެ، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އިން ޕްލޭއޮފްގެ އުންމީދު ދަމަހައްޓައިފި އެވެ.

މި އަހަރުގެ އައީޕީއެލް ސީޒަންގައި ބެންގަލޫރުގެ ފެށުން ދަށްވިޔަސް، ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުން ވަނީ ނަތީޖާތައް ރަނގަޅުކޮށްފައެވެ. ރޭ ކެޕިޓަލްސް އަތުން މޮޅުވެ، ބެންގަލޫރު ވަނީ ޖެހިޖެހިގެން ފަސް މޮޅު ހަމަކޮށްފައެވެ.

މެޗުގައި ފުރަތަމަ ބެޓްކުރަން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް ބެންގަލޫރު އަށް ހެދުނީ 187 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 52 ލަނޑު ހެދި ރާޖަތު ޕަތިޑާރު އަދި 32 ލަނޑު ހެދި ކެމަރަން ގްރީނެވެ.

މި މެޗުގައި ބެންގަލޫރު ކޮޅަށް މެޗު އަނބުރާލުމުގައި ތަފާތު ދެއްކީ އެ ޓީމު ބޯލަރުންނެވެ. ކެޕިޓަލްސް އިން ކުޅެންއަރައި 19.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 140 ލަނޑެވެ.

ބެންގަލޫރުގެ ބޯލަރުން ކަމަށްވާ ޔާޝް ޑަޔާލް 20 ލަނޑަށް ތިން ވިކެޓު ނެގިއިރު، ލޮކީ ފާގަސަން ވަނީ 23 ލަނޑަށް ދެ ވިކެޓު ނަގައިފަ އެވެ.

މި މޮޅާއެކު، ބެންގަލޫރު ވަނީ އައިޕީއެލް ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ބެންގަލޫރަށް ބާކީ އޮތީ އެންމެ މެޗެކެވެ.

އައިޕީއެލްގެ ޕްލޭ އޮފްގެ ޖާގަ ލިބެނީ ލީގު ބުރުގެ ގަދަ ހަތަރު ޓީމަށެވެ. ބެންގަލޫރު އަށް ގަދަ ހަތަރެެއްގެ ފުރުސަތު އަދި އެބައޮތެވެ. އެކަމަކު، އެއީ އެހެން ޓީމުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު، ބެންގަލޫރުން ފަހު މެޗުގައި ޗެންނާއި ސުޕަ ކިންގްސް ބަލިކޮށްފިނަމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox