ސިޓީބިޓީ: ވައުދުތައް މިވީ ކަދުރުރުކަށް އެރި މީހާގެ ނަދުރަށް!

އާޓްވޯކް: ރައްޔާން މުހައްމަދު

އާޓްވޯކް: ރައްޔާން މުހައްމަދު

"އޭ ދިވެހީންގެ ފަހުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ގައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަހުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!"

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު ގައުމާ މުހާތަބު ކުރައްވައި، އަދި ދިވެހި ދިދަޔަށް އިޝާރާތް ކުރައްވައި ދެއްވި މި ވަރުގަދަ މެސެޖުން އުފަލުގެ ކަރުނަ ހިލުނީ އެ މަނިކުފާނުގެ ހިތުގައި ދިވެހި ގައުމަށް އޮތް ލޯބި ގަބޫލު ކުރެވިގެންނެވެ. ރިޔާސީ އިންތިހާބުގައި ވިއްކި ވައުދު ފުއްދަވާނެކަން ގަބޫލު ކުރެވިގެންނެވެ.

މި ބަސްކޮޅުން އެކަން އިތުރަށް ކަށަވަރުކޮށް ދިނެވެ؛ "އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ގައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެވެސް ރޮނގެއް. އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިހުތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ހައްގު އޮންނަންވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ. އެ އިހުތިރާމު ލިބެންޖެހޭނެ. އިރާދަކުރެއްވިއްޔާ، އެ ހައްގު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން،"

Advertisement

މި ވާހަކަތަކަށް އިތުރަށް ސުވާލެއް އުފައްދާނެ ފުރުސަތު ވެސް ނުދެއްވީ ހަމަ އެ ތަގުރީރުންނެވެ.

"ފަހަރެއްގައި ތިޔައިން ބޭފުޅެއްގެ ސުވާލަކަށް ވެދާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ސޫރަޔަކީ، ސިފަޔަކީ ކޮބައިތޯ؟ އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ ހުއްޓިލީ، ތިޔަ ސުވާލަށް ޖަވާބެއް އަރުވަން ގަސްތުކޮށްގެން.

އަޅުގަނޑު އަދުލުވެރިވާނަން.

ވީ ވައުދުތައް ފުއްދާނަން. ހީލަތްތެރިއެއް ނުވާނެ!

ދިވެހި ގައުމާއި، ފަސްގަނޑު ދިފާއުކުރާނެ،"

ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ދިވެހިރައްޔިތުންނާއެކު ފުރަތަމަ ހެދި އަހުދަކީ މި ތަގުރީރެވެ. އަދި ރިޔާސީ ކެމްޕޭނުގައި ދެއްކެވި ވާހަކަތަކަކީ ވެސް ރައްޔިތުންނާއެކު ވި އެއްބަސްވުމެކެވެ. ރައްޔިތުން ގަބޫލުކުރީ އެ ވާހަކަތަކެވެ. މައިގަނޑު އެއް ވާހަކައަކީ "އިންޑިއާ މިލްޓަރީ އައުޓު" ކެމްޕޭނެވެ. ނުވަތަ އިންޑިއާ އައުޓު ކެމްޕޭނެވެ.

އެ ކެމްޕޭނުގެ ބޭނުމަކީ އަދި ދެއްކި ވާހަކަތަކުން ވިސްނައިދޭން ބޭނުންވީ އިންޑިއާ އަސްކަރީންގެ ޔުނިފޯމު ބަދަލު ކޮށްލުމެއް ނޫނެވެ. އިންޑިއާ ސިފައިންގެ އެންމެ ބޫޓު ކިބައެއް ވެސް މި ފަސްގަނޑުގައި ނުހުންނާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ. އޭގެ މާނައަކީ އިންޑިއާ ސިފައިން ތިބެފައި، އެ މީހުން އަރައިގެން ހުރި ބޫޓު ކިބަ ބޭރުކުރުންތޯ އެވެ. މިހާރު ތިޔަ ވައުދު ފުއްދި ގޮތުން ހަމައެކަނި ބޫޓު ކިބަ ފޮނުވައިލިޔަސް ވައުދު ފުއްދު ނަކަމަށް ބުނެވިދާނެ އެވެ.

ޕީޕީއެމް/ޕީއެންސީން އަދި ރައީސް ޑރ. މުއިއްޒު ވެސް ވިއްކި "އިންޑިއާ އައުޓު" އަކީ އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ފޮނުވައިލުމެވެ. ދިން ޔަގީން ކަމަކީ އެއީ އެވެ. ދެމި ރަތް ރޮގަކީ ވެސް އެއީ އެވެ.

އެ ނޫން ގޮތަކަށް އެއްބަސްވުމަށް މަޖުބޫރު ވުމަކީ، ނުވަތަ ދޭދޭ ގުޅުމުގެ ބަދަހިކަން މުހިއްމު ވުމަކީ، ވީ ވައުދު އޮޅުވައިލަން އޮތް ހުއްޖަތެއް ނޫނެވެ. "އަޅުގަނޑު އަދުލުވެރިވާނަން،" މި ބަހުގައި ހިފެހެއްޓުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާށެވެ.

މަނިކުފާނު މިހާރު ތިޔަ އަަމަލުކުރެއްވި ގޮތާ މެދު އިހުގެ ދިވެއްސަކު އެއްޗެއް ބުނާ ނަމަ ބުނާނީ "ތިޔަކަން ތިޔަވީ ކަދުރުރުކަށް އެެރިމީހާގެ ނަދުރަށް" ކަަމަށެެވެ.

titledesc

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox