ކުޅުންތެރިޔަކަށް ދިން ހަމަލާއަކާ ގުޅިގެން މެލޭޝިއާގެ ސީޒަން ހުޅުވާ މެޗު ކުޅެން ސެލަންގޯ ބޭނުމެއްނުވި

May 12, 2024, 10:30 AM
ކުޅުންތެރިޔަކަށް ދިން ހަމަލާއަކާ ގުޅިގެން މެލޭޝިއާގެ ސީޒަން ހުޅުވާ މެޗު ކުޅެން ސެލަންގޯ ބޭނުމެއްނުވި

ކުއަލަ ލަމްޕޫރް (11 މެއި) - ސެލަންގޯގެ ކުޅުންތެރިއަކަށް ދިން ނުރައްކާތެރި އެސިޑް ހަމަލާއާ އަކާ ގުޅިގެން ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުވާތީ، ހުކުރު ދުވަހު ކުޅެން ހަމަޖެހިފައި އޮތް މެލޭޝިއާގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ކުޅުމަށް ސެލަންގޯ އިން ބޭނުމެއްނުވިއެވެ. މެލޭޝިއާގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ވަނީ އެހެންވެ ކެންސަލްކޮށްފައެވެ.

ސެލަންގޯ މެޗު ނުކުޅުމުން، އެ ޓީމަށް ދެކޮޅަށް ނުކުންނަން އޮތް ޖޮހޯރު ދާރުލް ތަޒީމް އަށް ވަނީ މެޗު ލިބިފައެވެ.

ސެލަންގޯ އަދި މެލޭޝިއާގެ ގައުމީ ޓީމުގެ ވިންގާ ފައިސަލް ހާލިމްގެ މޫނަށް އެސިޑް ޖެހީ މި މަހުގެ ފަސް ވަނަ ދުވަހު ޝޮޕިން މޯލެއްގެ ތެރޭގައި ބާޒާރު ކުރަން އުޅެނިކޮށެވެ. މި ހަމަލާއާ ގުޅިގެން އޭނާ އަށް ފަރުވާ ދެމުން އަންނަ އިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މެލޭޝިއާގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނެއެވެ. އެކަމަކު އޭނާ އަދިވެސް އޮތީ އައިސޫގައެވެ.

ސެލަންގޯ އިން އެދުނީ ސީޒަން ހުޅުވާ މެޗު ފަސްކުރުމަށެވެ. އެކަމަކު ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން މެލޭޝިއާގެ ފުލުހުން ދިނުމާއެކު، މެލޭޝިއާ ފުޓްބޯލް އެސޯސިއޭޝަނުން ނިންމީ މެޗު ކުރިއަށް ގެންދާށެވެ. އެކަމަކު މެޗު ކުޅުމަށް ސެލަންގޯ އިން ބޭނުމެއްނުވިއެވެ.

ފައިސަލްގެ އިތުރުން، މެލޭޝިއާގެ ގައުމީ ޓީމުގެ އިތުރު ދެ ކުޅުންތެރިންނަށްވެސް ވަނީ މި މަހުގެ ހަމަލާތައް އަމާޒުވެފައެވެ.

ޖޮހޯރު އަދި މެލޭޝިއާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ސަފީގް ހާރިމް ކާރުގައި އިންދައި، މީހަކު ވަނީ އޭނާގެ ކާރަށް ހަމަލާދީފައެވެ. އަދި މެލޭޝިއާގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އަކްޔާރު ރަޝީދުގެ ގެ ކައިރިން ހިނގި ވައްކަމެއްގައި، އޭނާ އަށް ވަނީ ބަޔަކު ހަމަލާ ދީފައެވެ.

މި ހަމަލާތަކުގެ ސަބަބެއް ނުވަތަ މިއީ ގުޅިފައިވާ ހަމަލާތަކެއްކަން އަދި ފުލުހުންނަށް ސާފެއްނުވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox