ކަސެމީރޯ، އެންތަނީ އަދި ޖީސޫސް އަށް ބްރެޒިލް ސްކޮޑުން ފުރުސަތު ނެތް

May 11, 2024, 4:22 AM
ކަސެމީރޯ، އެންތަނީ އަދި ޖީސޫސް އަށް ބްރެޒިލް ސްކޮޑުން ފުރުސަތު ނެތް

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 11) - މި އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ބްރެޒިލުން ނެގި ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ އާއި އެންތަނީގެ އިތުރުން އާސެނަލްގެ ގަބްރިއެލް ޖީސޫސް ބާކީކޮށްފި އެެވެ.

މީގެ އިތުރުން، ބްރެޒިލްގެ ކޯޗު، ޑޮރިވާލް ނެގި ސްކޮޑުން، ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް، ރިޗާލިސަން އަށް ވެސް ފުރުސަތެއް ނެތެވެ.

އަންނަ މަހުގެ 20 އިން ޖުލައި 14 އަށް އެމެރިކާގައި ކުރިއަށްދާ ކޮޕަ އެމެރިކާ އަށް ބްރެޒިލުން ނެގި ސްކޮޑުން ކަސެމީރޯ އަށް ފުރުސަތު ނުލިބުން ވީ ގިނަ ބަޔަކަށް ހައިރާން ކަމަަކަށެވެ. އުމުރުން، 32 އަހަރުގެ ކަސެމީރޯ އަކީ ބްރެޒިލް ގައުމީ ޓީމަށް 75 މެޗު ކުޅެދީފައިވާ ކުޅުންތެރިއަކަށްވާއިރު، އޭނާ އަކީ ގަވާއިދުން ބްރެޒިލް ޓީމުގައި ހިމެނެމުން އައި ކުޅުންތެރިއެކެވެ.

Advertisement

ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާއާ ހެދި ކުޅުމާ ދުރުގައި ހުރި ނޭމާ ވެސް ސްކޮޑުގައި ނެތެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ ނުވަ ކުޅުންތެރިއަކަށް ސްކޮޑުން ވަނީ ފުރުސަތު ލިބިފަ އެވެ. އެއީ، މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަަސަން، ލިވަޕޫލްގެ ކީޕަރު އެލިސަން، އާސެނަލްގެ ފޯވާޑް ގަބްރިއެލް މާޓީނެލީ އާއި ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް، ނިއުކާސަލްގެ މިޑްފީލްޑަރު، ބްރޫނޯ ގިމާރޭޒް، އެސްޓަން ވިލާގެ މިޑްފީލްޑަރު ޑަގްލަސް ލުއީޒް، ފުލަމްގެ މިޑްފީލްޑަރު އަންޑްރައެސް ޕެރޭރާ، ފުލަމްގެ މިޑްފީލްޑަރު ޖޮއާއޯ ގޯމޭޒް އަދި ވެސްޓް ހޭމްގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ހިމެނެ އެވެ.

ބްރެޒިލް ލީގުގައި ޕަލްމެއިރާސް އަށް ކުޅެމުން އަންނަ 17 އަހަރުގެ ފޯވާޑް، އެންޑްރިކް އަށް ވެސް ސްކޮޑުން ވަނީ ފުރުސަތު ދީފަ އެވެ. ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ އެންޑްރިކް ވަނީ މާޗް މަހުގެ އެކުވެރިކަމުގެ މެޗުތަކުގައި ބްރެޒިލަށް މޮޅު ކުޅުމެއް ދައްކައި، ލަނޑު ވެސް ޖަހައިފަ އެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާގައި ބްރެޒިލް ހިމެނެނީ، ކޮސްޓަ ރިކާ، ޕެރަގުއޭ އަދި ކޮލަމްބިއާއާ އެއް ގްރޫޕެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox