ހަތް އަހަރަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަނީ

ހަތް އަހަރަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަނީ

ޕެރިސް (މެއި 11) - ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭ، ހަތް އަހަރަށް ފަހު ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ކުރިންވެސް ބެލެވުނުއިރު, އެމްބާޕޭ އޭރު ބުނެފައިވަނީ ވަގުތު ޖެހެމުން އޭނާގެ ކުރިމަގުގެ ޕްލޭން ހިއްސާކުރާނެ ކަމަށެވެ.

ރޭ ޝޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯގައި އެމްބާޕޭ ބުނީ, އޭނާ އަންނަ ސީޒަނުގައި ޕީއެސްޖީ އިން ނުފެންނާނެ ކަމަށެވެ.

"އަހަރެން ހަތް އަހަރަށްފަހު އުފަން ގައުމު ޕްރާންސް ދޫކޮށް, ލީގު ވަން ދޫކޮށް, ޕީއެސްޖީ ދޫކޮށްލަން ނިންމާފިން. މިއީ ފަސޭހަ ނިންމުމެއް ނޫން." އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ބުނީ, ޕީއެސްޖީއާ އެކު ހޭދަކުރި ހަތް އަހަރުގެ ތެރޭގައި ވަރަށް ބައިވަރު ކަންކަން ދަސްވި ކަމަށާއި, ހާއްސަކޮށް ކުޅުންތެރިއެއްގެ ގޮތުގައި ފުރިހަމަ ވުމަށް ޕީއެސްޖީ އިން ދަސްވި ކަމަށެވެ.

"ޕީއެސްޖީ އަކީ ފްރާންސްގެ އެންމެ މޮޅު ޓީމު. އަދި ދުނިޔޭގެވެސް މޮޅެތި ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް. މި ތަނުން އަހަރެން ބައިވަރު މީހުންނާ ދިމާވެއްޖެ. ދުނިޔޭގެ ނަން މަޝްހޫރު އެތައް ކުޅުންތެރިންނާއެކު ކުޅެވިއްޖެ. އެ ކުޅުންތެރިންގެ ފަރާތުން އަހަރެން އިތުރަށް ބިލްޑްއަޕްވާން ދަސްކޮށްދިން. ޕީއެސްޖީގައި ހޭދަކުރި ދުވަސްތައް އަބަދުވެސް ހާއްސަވާނެ. އަހަރެން އެހެން ކުލަބަކަށް ބަދަލުވިޔަސް ޕީއެސްޖީގެ މެޗުތައް ބަލާ ސަޕޯޓްކުރާނަން" އެމްބާޕޭ ބުންޏެވެ.

ޕީއެސްޖީ ދޫކޮށް އެމްބާޕޭ އެހެން ކުލަބަކަށް ބަދަލުވާނެކަން އޭނާ ހާމަކޮށްފައިވާއިރު, އޭނާ ދާނެ ކަމަށް ބެލެވެނީ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަށެވެ. ރެއާލުން ވަނީ މިދިޔަ ތިން ސީޒަނުގައިވެސް އެމްބާޕޭ ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު އެމްބާޕޭ ވަނީ ރެއާލުގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެކަން ހާމަކޮށްފައިވާއިރު, އޭނާ އެހެން ކުލަބަކަށް ބަދަލުވާނަމަ ދެން އެއްވެސް ކުލަބަކަށް އޭނާ ހޯދުމަށް ބިޑް ކުރާކަށް ނުޖެހޭނެ އެވެ. އެއީ އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

އެމްބާޕޭ ޕީއެސްޖީ އަށް ކުޅެދިން 306 މެޗުގައި އޭނާ ވަނީ 255 ގޯލު ޖަހާ 96 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި ޕީއެސްޖީ އާއެކު ހަތް ފަހަރު ފްރެންޗް ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox