ދިއްލީގެ ޗީފް މިނިސްޓަރު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

އިންޑިއާގެ ދިއްލީ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް: ކަފާލާތުގެ ދަށުން އިންޑިއާގެ އެންމެ މަތީ ކޯޓުން ވަނީ ދޫކޮށްލާފައި -- ފޮޓޯ: ޕީޓީއައި

އިންޑިއާގެ ދިއްލީ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް: ކަފާލާތުގެ ދަށުން އިންޑިއާގެ އެންމެ މަތީ ކޯޓުން ވަނީ ދޫކޮށްލާފައި -- ފޮޓޯ: ޕީޓީއައި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރުން ތެރޭގައި ހިމެނޭ ކެޖްރިވާލް މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައި ވަނީ ޖޫން، 2 ގައި އަނބުރާ ފުލުހުންނާ ހަވާލުވުމަށް ޝަރުތު ކުރުމަށްފަހު އެވެ.

ކެޖްރިވާލް ހައްޔަރުކުރީ ދިއްލީގެ ލިކާ ޕޮލިސީއާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުގަ އެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ކުރަނީ ސިޔާސީ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ.

ކެޖްރިވާލް ދޫކޮށްލާފައި ވަނީ ޗީފް މިނިސްޓަރުގެ މަސްއޫލިޔަތުތައް އަދާ ނުކުރެވޭ ގޮތަށެވެ. ނަމަވެސް މިހާރު ހިނގަމުންދާ އާންމު އިންތިހާބުގެ ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އެންމެ މަތީ ކޯޓުން އޭނާ އަށް ދީފަ އެވެ.

މާޗު 21 ގައި ހައްޔަރުކުރި ކެޖްރިވާލްއަކީ އިންޑިއާގެ އާމް އާދްމީ ޕާޓީގެ ލީޑަރެވެ. އޭނާ ހައްޔަރުކުރީ އިންތިހާބުން ރަނގަޅު ނަތީޖާއެއް ހޯދާނެތީ އެކަމަށް ހުރަސް އެޅުމަށް ކަމަށް އިދިކޮޅުން ބުނެ އެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، މިހާތަނަށް ތިން ފޭހެއްގެ ވޯޓުލުން ވަނީ ނިމިފަ އެވެ. އިންތިހާބުގެ ވޯޓުލުން ހަތް ފޭހަކަށް ކުރިއަށްދާއިރު، ވޯޓުލައި ނިމޭނީ ޖޫން، 1 ގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ ޖޫން، 4 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި: ޔޫއޭއީ

ފްލައިދުބާއީގެ ބޯޓެއް ހައިޖެކްކޮށް އިޒްރޭލަށް ވައްޓާލަން އުޅުނު އޮމާންގެ ކޯ-ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް ޔޫއޭއީން ހާމަކޮށްފިއެވެ. ސެޕްޓެމްބަރު 11ގެ ހަމަލާތަކުން ހިތްވަރުލިބިގެން ކެޕްޓަނަށް ހަމަލާދިން މި ޕައިލެޓް ފަސިންޖަރުންގެ އެހީތެރިކަމާއެކު ވަނީ ހިފަހައްޓާފައެވެ. އޭނާ ހަރުކަށި ފިކުރުގެ ލިޔުންތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ވީޑިއޯތަކަށް ޝައުގުވެރިކަން އުފެދުނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

އައިސީސީ "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އައިސީސީން އެމެރިކާގެ ރައްޔިތުންގެ މައްޗަށް ދައުވާ އުފުލަން މަސައްކަތްކުރާ ކަމަށް ބުނެ، އެ ކޯޓު "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފިއެވެ. މުޅި މުއައްސަސާއަށް އަމާޒުކޮށް އެޅި މި ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ މާލީ ހިންގުމަށް ހުރަސްއެޅޭނެތީ، މިއީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމަށް ދިން ހަމަލާއެއްގެ ގޮތުގައި އދ. އާއި އައިސީސީން ވަނީ ސިފަކޮށްފައެވެ.

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދިއްލީ ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުން ފެށި އިހުތިޖާޖު ހުއްޓުވުމަށްޓަކައި، ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފިއެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ހުއްޓުވުމަށް މުޅި ސަރަހައްދު ބަންދުކޮށް، މުވާސަލާތީ ހިދުމަތްތައް ކަނޑާލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.

ތެލުގެ އަގު ދަށްކުރަން އެމެރިކާއިން ރަޝިއާގެ ޑީސަލް އެތެރެކުރަނީ

އެމެރިކާގައި ތެލުގެ އަގު ދަށްކުރުމަށްޓަކައި ރަޝިއާއިން ޑީސަލް އެތެރެކުރުމަށް އެމެރިކާއިން ނިންމައި، ރަޝިއާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަގުތީގޮތުން ވަނީ ލުއިކޮށްދީފައެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މި ނިންމުމަށް ފާޑުވިދާޅުވެ، މިއީ ހަނގުރާމަ ދިގުދަންމަން ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، އިނގިރޭސިވިލާތުން ވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

ޕެރޫގެ އަވަށެއްގެ މޭޔަރުކަމަށް ހިޓްލަރު މުސޮލިނީ އިންތިހާބުވެއްޖެ

ސިމިއޯން އިންތިހާބުވީ 1،000 އަށްވުރެ މަދު މީހުން ދިރިއުޅޭ ސަރަހައްދެއްގެ މޭޔަރު ކަމަށް ވީނަމަވެސް، ދުނިޔޭގައި މަޝްހޫރުވި ދެ ފެސިސްޓް ޑިކްޓޭޓަރުންގެ ނަމުން އޭނާއަށް ނަން ދީފައިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެ ގައުމުގެ އެ ކުޑަ އަވަށަށް ވަނީ ހުއްޓިފަ އެވެ.

Newsletter

Get the latest news delivered straight to your inbox