މެސީ، ނޭމާ އަދި އެމްބާޕޭ އަށް 1.2 ބިލިއަން ޑޮލަރު: ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ނުހޯދުނު

May 10, 2024, 2:24 AM
މެސީ، ނޭމާ އަދި އެމްބާޕޭ އަށް 1.2 ބިލިއަން ޑޮލަރު: ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ނުހޯދުނު

ޕެރިސް (މެއި 9) - ޕީއެސްޖީ 2011 ވަނަ އަހަރު ގަތުމަށް ފަހު، ގަތަރުގެ މަހުޖަނު، ނާސިރު އަލް ހަލީފާ، އެ ކްލަބަށް ޗެމްޕިއަންސް ލީގު ހޯދައިދޭން ބޮޑު ޓާގެޓެއް ކަނޑައެޅި އެވެ. އެކަމަށްޓަކައި، އެންމެ ބޮޑު އިންވެސްޓަކަށް ކުރީ ލިއޮނަލް މެސީ، ނޭމާ އަދި ކީލިއަން އެމްބާޕޭ ގަތުމެވެ. އެ ތިން ކުޅުންތެރިންނަށް 1.2 ބިލިއަން ޑޮލަރު ޕީއެސްޖީން ހަރަދުކޮށްގެން ވެސް ޗެމްޕިއަންސް ލީގުގެ ތަށި ނުލިބުނެވެ.

ގަތަރުގެ މަހުޖަނުން ޕީއެސްޖީ އަށް އައި ފަހުން އެ ކްލަބުން ކުޅެފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެއް ފަހަރު އެވެ. މި ފަހަރު ވެސް ސެމީން ވަނީ ކަޓައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ޓާގެޓަށް ވާސިލްވާން، ޕީއެސްޖީން އެންމެ ބޮޑު އިންވެސްޓެއް ކުރި ކުޅުންތެރިއަކީ ނޭމާ އެވެ. އެ ގޮތުން، 2017 ވަނަ އަހަރު، ބާސެލޯނާ އިން ޕީއެސްޖީ އަށް ނޭމާ ގެންނަން ޓްރާންސްފާ ފީގެ ގޮތުގައި، 239 މިލިއަން ޑޮލަރު ދެއްކި އެވެ. މިއީ މިހާތަނަށް ކްލަބަކުން ކުޅުންތެރިއަކު ގެންނަން ދެއްކި އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ.

ނޭމާ، ޕީއެސްޖީއާ އެކު ސޮއިކުރި ފުރަތަމަ ކޮންޓްރެކްޓުން ޖުމްލަ އެކު އޭނާ އަށް 217 މިލިއަން ޑޮލަރު ލިބުނެވެ. އެ ކޮންޓްރެކްޓް އާ ކުރުމުން، މިދިޔަ ސީޒަނުގައި އެ ކްލަބް ދޫކޮށް، އަލް ހިލާލް އަށް ބަދަލުވުމާ ހަމައަށް ނޭމާ އަށް ވަނީ 122 މިލިއަން ޑޮލަރު ލިބިފަ އެވެ. އެހެންކަމުން، ޕީއެސްޖީން ނޭމާ އަށް ކުރި ޖުމްލަ ހަރަދަކީ 578 މިލިއަން ޑޮލަރު އެވެ.

ޕީއެސްޖީން 2017 ވަނަ އަހަރު މޮނާކޯ އިން އެމްބާޕޭ ގެނައީ، ލޯން ޑީލެއްގަ އެވެ. އެއް އަހަރު ފަހުން، އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރަން ޕީއެސްޖީން ފީއެއްގެ ގޮތުގައި ދެއްކީ، 194 މިލިއަން ޑޮލަރު އެވެ. ޕީއެސްޖީގެ ފުރަތަމަ ކޮންޓްރެކްޓުން އެމްބާޕޭ އަށް 80 މިލިއަން ޑޮލަރު ލިބުނެވެ. ޕީއެސްޖީއާ އާއެކު އެމްބާޕޭ ސޮއިކުރި ދެ ވަނަ ކޮންޓްރެކްޓުން 235 މިލިއަން ޑޮލަރު ލިބުނުއިރު، އެ ކޮންޓްރެކްޓާ އެކު ބޯނަހުގެ ގޮތުގައި، 65 މިލިއަން ޑޮލަރު ދިނެވެ. މިއާ އެކު، މި ސީޒަނަށް ފަހު ޕިއެސްޖީ ދޫކޮށްލަން ނިންމާފައިވާ އެމްބާޕޭ އަށް އެ ކްލަބުން ކުރި ހަރަދުތަކުގެ ޖުމްލަ އުޅެނީ 574 މިލިއަން ޑޮލަރުގަ އެވެ.

ބާސެލޯނާ އިން ހިލޭ ޓްރާންސްފާއެއްގައި މެސީ، ޕީއެސްޖީ އަށް ބަދަލުވީ، 2021 ވަނަ އަހަރު އެވެ. ޕީއެސްޖީއާ އެކު ދެ އަހަރު މެސީ ވަނީ ކުޅެފަ އެވެ. ކޮންމެ ސީޒަނެއްގައި އޭނާ އަށް 36 މިލިއަން ޑޮލަރު ދީފައިވެ އެވެ. އެހެންވެ، ޕީއެސްޖީން މެސީ އަށް ކުރި އިންވެސްޓް އުޅެނީ، 72 މިލިއަން ޑޮލަރުގަ އެވެ.

މަޝްހޫރު ތިން ކުޅުންތެރިންނާ އެކު ވެސް ޕީއެސްޖީ އަށް ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތުގެ ތަށި ނުހޯދި މިޖެހުނީ ފަރުޖައްސާލާށެވެ.

މި ފަހަރުގެ ޗެމްޕިއަންްސް ލީގުން ޕީއެސްޖީ ކެޓުމުން ހަލީފާ ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކްލަބްގައި މިހާރު އޮތް ޒުވާން ޓީމު ޑިވެލޮޕްކުރުމަށް ފަހު، ބޭނުންވާ ކަަންކަން ހާސިލްކުރެވޭނެ ކަަމަށެވެ. އަދި މިހާރު އޮތް ޓީމު ކުރިއަށް ގެންދާން ހުރި ކޯޗު، ލުއިސް އެންރީކޭއާ މެދު ފުރިހަަމަ އިތުބާރު އެބައޮތް ކަމަށް ވެސް ހަލީފާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox