އިގުތިސޯދީ ކުރިއެރުން ދަމަހައްޓަން މާލީ ރިފޯމު އެޖެންޑާ ތަންފީޒުކުރަން ޖެހޭ: ވޯލްޑް ބޭންކް

ތިލަމާލެ ބްރިޖުގެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ. މިއަހަރު ދިވެހި އިގުތިސޯދު 4.7 ޕަސެންޓުން ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރޭ ---- ފޮޓޯ: މިރާން ނާޝިމް/އަދަދު

ތިލަމާލެ ބްރިޖުގެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްތެރިންތަކެއް ހަރަކާތްތެރިވަނީ. މިއަހަރު ދިވެހި އިގުތިސޯދު 4.7 ޕަސެންޓުން ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރޭ ---- ފޮޓޯ: މިރާން ނާޝިމް/އަދަދު

ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ދެމެހެއްޓުމަށް ރާއްޖޭން އެކުލަވާލާފައިވާ މާލީ ރިފޯމު އެޖެންޑާ ތަންފީޒު ކުރުން ކޮންމެހެން ބޭނުންތެރި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އިއްޔެ ވޯލްޑް ބޭންކުން ވަނީ މިއަހަރުގެ "މޯލްޑިވްސް ކަންޓްރީ އަޕްޑޭޓް" ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގުތިސޯދީ ހާލަތާއި މެދު ރާސްތާގައި ރާއްޖޭގެ އިގުތިސޯދަށް އަންނާނެެ ބަދަލުތަކާ ގުޅޭ އަންދާޒާތައް ހިމަނާފަ އެވެ.

"ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މި އިސްލާހީ މަސައްކަތްތަކުގައި ވޯލްޑް ބޭންކުން އަބަދުވެސް ރާއްޖެއަށް އެއްބާރުލުން ދޭނެ," އެ ރިޕޯޓުގައި ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

Advertisement

ސަރުކާރުން އިގުތިސޯދީ އެޖެންޑާއަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. އެއީ, ސަބްސިޑީތައް ރިފޯމް ކުރުމާއި, ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމާއި, އާސަންދައިގައި ހުރި ބާގަނޑުތައް ބެއްދުމާއި, ކެޕިޓަލް ހަރަދުތައް އަލުން ތަރުތީބުކުރުން ހިމެނޭ އެޖެންޑާ އެކެވެ.

އެގޮތުން, ވޯލްޑް ބޭންކުން ސަބްސިޑީ ޓާގެޓު ކުރުމަށް ބޭނުން ނިޒާމު ގާއިމު ކުރުމަށާއި މިހާރު އޮތް ސަބްސިޑީގެ ނިޒާމު ފޭސްއައުޓްކޮށް ބޭނުން ކުރުން ހުއްޓާލުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބަލިކަށިކަން ހައްލުކުރުމާއި، ސިއްހީ ހަރަދުގެ އެފިޝަންސީ އިތުރުކުރުމާއި، އިންވެސްޓްމަންޓްތަކުގެ ސްޓްރެޓެޖިކް ޕްލޭނިން ހަރުދަނާކުރު އޭގެ ތެރޭގައި ހިމެނޭ," ވޯލްޑް ބޭންކުން ރާއްޖެއަށް ދެމުންދާ ފަންނީ ލަފާގެ ތަފްސީލު ދެއްވަމުން ފާރިސް ވިދާޅުވި އެވެ.

މި ސަރުކާރުގެ އިގްތިސާދީ މެނިފެސްޓޯ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ބަލައިގަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވެ އެވެ.

ވޯލްޑް ބޭންކުން ލަފާކުރަނީ ރާއްޖޭގެ އިގުތިސޯދު މިއަހަރު 4.7 ޕަސެންޓުން ކުރިއަރާނެ ކަމަށެވެ. އައިއެމްއެފް އިން ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 3.3 ޕަސެންޓު ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ.

މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.5 ޕަސެންޓު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ ކޮށްފައިވާ އިރު، ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 6.7 ޕަސެންޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox