ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީ ބަލިވީ ސަރުކާރުން ދެއްކި ބިރާއި ފޯރުވި ނުފޫޒުގެ ސަބަބުން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް "އަދަދު"ގެ އެތެރެފުށް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. ފޮޓޯ:މިރާން ނާޝިމް/އަދަދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް "އަދަދު"ގެ އެތެރެފުށް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. ފޮޓޯ:މިރާން ނާޝިމް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ބޮޑު ބައްޔަކުން ބަލިވި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ރައްޔިތުންނަށް ދެއްކި ބިރާއި ފޯރުވި ނުުފޫޒު ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"އަދަދު" އިން ގެނެސްދޭ ސިލްސިލާ "އެތެރެފުުށް" ޕްރޮގްރާމްގައި ފައްޔާޒް ވިދާޅުވީ އާ ގާނޫނުއަަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން ބޭއްވި ތިން އިންތިހާބުގައި ވެސް ފެނިފައި އޮތީ ސަރުކާރު ކޮޅަށް ބުރަވާ ތަން ކަމަށެވެ.

އެެހެން ނަމަވެސް މިފަހަރުގެ އިންތިހާބުގައި މަޖިލީހުގެ އަގުލަބިއްޔަތު އިދިކޮޅަށް ލިބޭނެ ކަމަށް އެމްޑީޕީން އުއްމީދުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކެމްޕެއިނުގެ އެންމެ ފަހު ދެދުވަހަކާ ހަމައަށް ތިބީ އެ އުއްމީދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކީއްވެގެންތޯ މި ނަތީޖާ އައީ؟ އޭގެ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. އެކަމަކު މީގެ އެންމެ މުހިއްމު މައްސަލަޔަކީ ސަރުކާރުގެ ނުފޫޒާ ސަރުކާރުން ރައްޔިތުންނަށް ދެއްކި ބިރު، އަޅުގަނޑު ދެކޭ ގޮތުގައި،" ފައްޔާޒް ވިދާޅުވި އެވެ.

އެގޮތަށް ގަބޫލުކުރެއްވި ސަބަބެއްގެ ގޮތުގައި ފައްޔާޒް ދެއްކެވީ ރަށްތަކުގައި ވަޒީފާގެ ބިރު ވަރަށް ބޮޑަށް އޮތް ވާހަކަ އެވެ. ސަރުކާރުން ފުރަތަމަ ބުނަމުން ދިޔައީ ސަރުކާރުގެ ކެންޑިޑޭޓް ހޮވިއްޖެއްޔާ ކޮށްދޭނެ ކަންތައްތަކެއްގެ ވާހަކަ ކަމަށް ވިޔަސް ފަހުން ދެމުުން ދިޔައީ ސަރުކާރު ކެންޑިޑޭޓު ނުހޮވިއްޖެއްޔާ ކަންވާނެ ގޮތުގެ އިންޒާރު ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. ސަރުކާރު ކެންޑިޑޭޓު ނުހޮވިއްޖެެއްޔާ ވަޒީފާ ގެއްލޭނެ ކަމުގެ އިންޒާރު ވެސް ދީފައި ހުރި ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.

"ދެން އޭގެ އިތުރުން، އެނގިވަޑައިގަންނަވާނެ އިއްތިފާގަކުން ނަމަވެސް އިންތިހާބު އޮތް ދުވަހުގެ ގާތްގަނޑަކަށް 10 ދުވަސް ވަރު ތެރޭގައި ގާތްގަނޑަކަށް 4،000 އާ 5،000 އާ ދޭތެރޭގައި ސަރުކާރުގެ ވަޒީފާތައް އުފެދިގެން ދިޔަ، ހާއްސަކޮށް ސަރުކާރުގެ ކުންފުނިތަކުގައި،" ފައްޔާޒް ވިދާޅުވި އެވެ.

ވިހިވަނަ މަޖިލީހުގައި އެމްޑީޕީއަށް އެންމެ 11 ގޮނޑި ކާމިޔާބުކުރެވުނު އިރު ސަރުކާރުން ވަނީ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރި އެވެ. އެ މެންބަރުންގެ އިތުރުން، ރައީސްގެ ތާއީދާއެކު އިންތިހާބުވި ހަ މެންބަރަކު އެ ޕާޓީއާ ވަނީ ގުޅިފަ އެވެ. އޭގެތެރޭގައި ޕީއެންސީގެ އަސްލު ކެންޑިޑޭޓުން ބާކީކުރި ދާއިރާތައް ކާމިޔާބު ކުރި ކެންޑިޑޭޓުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސް އާއެކު ސަރުކާރުގެ ސުޕަ މެޖޯރިޓީ މެމްބަރުންގެ އަދަދު 76 އަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox