މާލޭގައި ބިލްބޯޑު ހަރުކުރަން ހުއްދަ ހޯދީ އެންމެ 38 ކެންޑިޑޭޓުން، ނެގީ އައިންތު މިސްގެ ބޯޑު އެކަނި

މާލޭގެ މަގެއްގައި، މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުންތަކެއްގެ ބިލްބޯޑު ހަރުކޮށްފަ: ސިޓީ ކައުންސިލުން އެ ހުއްދަ ދިނީ އެންމެ 38 ކެންޑިޑޭޓުންނަކަށް ކަމަށް ބުނެފި - ފޮޓޯ: އިޔާދު އަބްދުއްވައްހާބް / އަދަދު

މާލޭގެ މަގެއްގައި، މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުންތަކެއްގެ ބިލްބޯޑު ހަރުކޮށްފަ: ސިޓީ ކައުންސިލުން އެ ހުއްދަ ދިނީ އެންމެ 38 ކެންޑިޑޭޓުންނަކަށް ކަމަށް ބުނެފި - ފޮޓޯ: އިޔާދު އަބްދުއްވައްހާބް / އަދަދު

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް މާލެ ސަރަހައްދުގައި ޕޯސްޓަރާއި ބިލްބޯޑު ހަރުކުރަން ހުއްދަ ހޯދީ އެންމެ 38 ކެންޑިޑޭޓަކަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާންމު ފަރުދަކު ހުށަހެޅި މައުލޫމާތުގެ ޖަވާބުގައި ސިޓީ ކައުންސިލުން ވަނީ ހުއްދަ ދިން ކެންޑިޑޭޓުންގެ ލިސްޓެއް ފޮނުވައިފަ އެވެ. އެއީ މިި މަހު 20، ގެ ނިޔަލަށް ހުއްދަ ދިން ކެންޑިޑޭޓުންގެ ޖުމުލަ ލިސްޓެއް ކަން ސިޓީ ކައުންސިލްގެ މީޑިއާއިން "އަދަދު" ނޫހަށް ވެސް ޔަގީންކޮށްދީފައިވެ އެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ބ ދީފައިވާނީ އަށް ފޫޓާއި 12 ފޫޓާ ދެމެދުގެ ދިގުމިނުގެ ބޯޑު ހަރުކުރުމަށެވެ. އެއަށް ނުފެތޭ ކަމަށް ބުނެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގޮސް ނަގާފައިވަނީ އެންމެ ކެންޑިޑޭޓެއްގެ ބިލްބޯޑު ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. އެއީ މާފަންނު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރި އާމިނަތު ހަސަން (އައިންތު ހަސަން) އެކަންޏެވެ.

Advertisement

ބިލްބޯޑު ހަރުކުރަން ހުއްދަ ދިން 38 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ މާލޭގެ ދާއިރާތަކަށް ވާދަކުރާ 30 ކެންޑިޑޭޓުންނާއި އަތޮޅުތަކުގެ ދާއިރާތަކަށް ވާދަކުރާ އަށް ކެންޑިޑޭޓަކަށެވެ. އެކަމަކު އެއަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ބިލްބޯޑުތައް މާލެ ސަރަހައްދުގައި ހަރުކޮށްފައިވެ އެވެ.

އެންމެ ކެންޑިޑޭޓެއްގެ ބިލްބޯޑު ނެގި ކަމަށް ސިޓީ ކައުންސިލުން ބުނި އިރު ބޮޑެތި ސައިޒުތަކުގެ ގިނަ އަދަދެއްގެ ބިލްބޯޑުތަކާއި މަގުގެ ދުވާރަށް ގެއްލުންވާ ގޮތަށް ވެސް ބައެއް ބިލްބޯޑުތައް ހަރުކޮށްފައިވެ އެވެ.

ސިޓީ ކައުންސިލްގެ ގަވާއިިދު ބުނާ ގޮތުން ގަވާއިދާ ހިލާފަށް އެއްވެސް ކެންޑިޑޭޓަކު އަމަލުކޮށްފިނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާ އާއި 2،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެން ތަކުރާރުކުރާ ކޮންމެ ފަހަރަކު 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

ގަވާއިދާ ހިލާފުވެގެން އެއްވެސް ކެންޑިޑޭޓަކު ޖޫރިމަނާކުރި ކަމެއް އަދި ނޭނގެ އެވެ.

ޕޯސްޓަރު، ބިލްބޯޑު ބަހައްޓަން ހުއްދަ ދިން ކެންޑިޑޭޓުން

  1. އީވާ އަބްދުﷲ (ގަލޮޅު އުތުރު ދާއިރާ - ޑިމޮކްރެޓްސްގެ ކެންޑިޑޭޓު)
  2. މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ - އެމްއެންޕީގެ ކެންޑިޑޭޓު)
  3. މުހައްމަދު ތައުފީގު އަލީ (މާފަންނު ހުޅަނގު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  4. އަލީ އާޒިމް (މެދު ހެންވޭރު ދާއިރާ - ޑިމޮކްރެޓްސްގެ ކެންޑިޑޭޓު)
  5. ނާއިފް ޝައުކަތު (ހެންވޭރު ހުޅަނގު ދާއިރާ - ޕީއެންއެފްގެ ކެންޑިޑޭޓު)
  6. ޑރ. އަމީން އިބްރާހިމް (ހެންވޭރު ހުޅަނގު ދާއިރާ - ޖޭޕީގެ ކެންޑިޑޭޓު)
  7. މުހައްމަދު އައްބާސް (ވެލިދޫ ދާއިރާ - އެމްޑީއޭގެ ކެންޑިޑޭޓު)
  8. އަހުމަދު މުޖުތަބާ (ހުޅުމާލެ މެދު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  9. އަހުމަދު ސަލީމް (ހެންވޭރު ހުޅަނގު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު)
  10. އައިޝަތު މުހައްމަދު (ހުޅުމާލެ މެދު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  11. ފާތިމަތު ޝަރީރާ އަލީ ޝަރީފް (ހުޅުމާލެ އުތުރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  12. ހަސަން އިއާދު ސަލީމް (މާފަންނު ދެކުނު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
  13. މުހައްމަދު އިބްރާހިމް (ގަލޮޅު އުތުރު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
  14. އަހުމަދު މުހައްމަދު (ގަލޮޅު ދެކުނު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  15. އާމިނަތު ނާދިރާ (ގަލޮޅު އުތުރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  16. މުހައްމަދު ޔާސީން (ހުޅުދޫ ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
  17. އިބްރާހީމް އަލީ ޖަލީލް (މެދު ހެންވޭރު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
  18. ހަސަން ޝިޔާމް (މެދު ހެންވޭރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  19. އިމްދާދު ޒުބައިރު (ހިތަދޫ އުތުރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  20. އާމިނަތު ހަސަން (މާފަންނު މެދު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  21. މުހައްމަދު ފަލާހް (މާފަންނު ހުޅަނގު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
  22. އިބްރާހިމް މުހައްމަދު (މައްޗަންގޯޅި އުތުރު ދާއިރާ - ޕީއެންސީ ކެންޑިޑޭޓު)
  23. އަބްދުﷲ ޒައިން ލަތީފް (މައްޗަންގޯޅި ދެކުނު ދާއިރާ - ޕީއެންއެފް ކެންޑިޑޭޓު)
  24. އަހުމަދު ފާރިސް މައުމޫން (މައްޗަންގޯޅި އުތުރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)
  25. އަހުމަދު ޒަމީރު (މައްޗަންގޯޅި މެދު ދާއިރާ - ސަރުކާރު ކެންޑިޑޭޓު)
  26. އަހުމަދު ސިޔާމް މުހައްމަދު (ދ. މީދޫ ދާއިރާ - އެމްޑީއޭ ކެންޑިޑޭޓު)
  27. މީކާއީލް އަހުމަދު ނަސީމް (ގަލޮޅު އުތުރު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
  28. ސާމިއު އަންވަރު (ހުޅުދޫ ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
  29. މުހައްމަދު އަސްލަމް (ހިތަދޫ އުތުރު ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
  30. އިލްހާމް އަހުމަދު (ފުނަދޫ ދާއިރާ - އެމްޑީޕީ ކެންޑިޑޭޓު)
  31. ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
  32. މުހައްމަދު ޝިފާޒް (ވިލިމާލެ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
  33. އަފާފް އަހުމަދު ރަޝީދު (މާފަންނު ދެކުނު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
  34. އިޝްރަތު ހަމީދު (ހެންވޭރު އުތުރު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
  35. އަހުމަދު ސައީދު (މާފަންނު ހުޅަނގު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
  36. އާޝިޔަތު އަލައިކާ (މައްޗަންގޯޅި މެދު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
  37. އިމްތިޔާޒު ފަހުމީ (މާފަންނު އުތުރު ދާއިރާ - ޑިމޮކްރެޓްސް ކެންޑިޑޭޓު)
  38. ޔޫސުފް އަބްދުﷲ (ނައިފަރު ދާއިރާ - އަމިއްލަ ކެންޑިޑޭޓު)

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox