އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފި އެވެ.
ޗެމްޕިއަންކަން ހޯދި ޒަމީލްއަށް 8،000ރ. ގެ ފައިސާގެ އިނާމެއް ލިބުނެވެ. އަދި ދެވަނައަށް ދިޔަ ރާއިދު ހަސަންއަށް 4،500ރ. އާއި ތިންވަނައަށް ދިޔަ މުހައްމަދު ރިޝްފާންއަށް 2،500ރ. ލިބުނެވެ.
މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާއި ގުޅިގެން ކުރިއަށްދިޔަ މި މުބާރާތަށް ހޫނު ތަރުހީބެއް ލިބުނު ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1 ގެ ތެރެއިން -- ފޮޓޯ: އުރީދޫ
އުރީދޫއިން ބުނީ އުރީދޫ ނޭޝަންގެ ފަރާތުން ރާވައިގެން ކުރިއަށް ގެންދާ މި މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ކަމަށެވެ.
އުރީދޫއިން މަސައްކަތް ކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.










