ފެންނަމުން ދަނީ ނާމާން ކަމާއި ބިރުވެރިކަން: ސޯލިހު

ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ

މި ސަރުކާރުގެ ސިޔާސަތަކީ ބިރު ދެއްކުމާއި ފިއްތުން ކަމަށާއި، އެކަންކަމުން އެ މީހުން ދުރު ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތީ ނާމާން ކަމާއި ބިރުވެރިކަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާއަށް މި ފަހަރު ވެސް ވާދަ ކުރައްވާ ޖީހާން މަހުމޫދަށް ތާއިދު ހޯދަން، ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ އެމްޑީޕީން ނުކުމެ ތިބީ ވަރަށް މުހިއްމު މަސައްކަތެއް ކުރަން ކަމަށާއި، އެއީ ރާއްޖެ ހަމަ މަގުން ނެއްޓިގެން ދާތީ ހަމަ މަގަށް އެޅުވުމަށް ކަމަށެވެ.

"އަޅުގަނޑަށް ވެސް ގޭގައި ހަމަޖެހިލައިގެން ހުރެވުނީސް. ވަރަށް ހަމަޖެހިލައިގެން އާއިލާއާއެކުގައި އަދި އަރާމުކޮށްލައިގެން ހުރެވުނީސް. ނަމަވެސް ރާއްޖޭގައި ވެރިކަން ފަސް އަހަރު ކުރި މީހެއްގެ ހައިސިއްޔަތުން، މި ރާއްޖެ މިދާ މިސްރާބުން ކަންތައްތަ ވަމުން މިދާ ގޮތް އިހުސާސް ކުރެވޭތީ މީގައި ކަންތައްތަކެއް ކުރަންޖެހިއްޖެކަން އަޅުގަނޑަށް އިހުސާސްކުރެވޭ. މީގައި އެހެން އެއްވެސް ސަބަބެއް ނެތް އަޅުގަނޑު މި ކެމްޕޭނުގައި މިހާ ބުރަކޮށް މަސައްކަތް ކުރަންޖެހޭ،" ސޯލިހު ވިދާޅުވި އެވެ.

އޭޕްރީލް 21 ގައި ބާއްވާ އިންތިހާބުގައި ވިސްނުމެއް ނެތި ލާ ވޯޓަކުން ޕީއެންސީ އަށް ނަތީޖާ އެނބުރިއްޖެ ނަމަ "ހީނުކުރާ ވަރުގެ ދައްޗާއި އުނދަގޫ އަޅުގަނޑުމެންނާ ކުރިމަތިލާނެ" ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

ރޭގެ ޖަލްސާގައި ރައީސް ސޯލިހު އަދި ޖީހާނު އާއި އެމްޑީޕީގެ ސަޕޯޓަރުން. -- ފޮޓޯ: އެމްޑީޕީ
ރޭގެ ޖަލްސާގައި ރައީސް ސޯލިހު އަދި ޖީހާނު އާއި އެމްޑީޕީގެ ސަޕޯޓަރުން. -- ފޮޓޯ: އެމްޑީޕީ

ރޭގެ ޖަލްސާގައި ރައީސް ސޯލިހު އަދި ޖީހާނު އާއި އެމްޑީޕީގެ ސަޕޯޓަރުން. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން ސަރުކާރުގައި އޮވެ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ކުރިއަށް ގެންދިޔައީ މުވައްޒަފުންނަށް ވަޒީފާގެ ބިރެއް، ބިރު ދެއްކުމެއް ނެތި ކަމަށާއި ނަމަވެސް ޕީޕީއެމް ކިޔަސް، ޕީއެންސީ، ޑީއާރުޕީ ކިޔަސް އެ ޕާޓީތަކުގެ ސިޔާސަތަކީ ބިރު ދެއްކުމާއި އޮޅުވާލުމާއި މުށުތެރޭގައި ބައިތިއްބައިގެން ކަންތައްތައް ކުރުން ކަމަށް ސޯލިހު ވިދާޅުވި އެވެ. އެކަން މިހާރު ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"މަޖިލީހުގެ މެޖޯރިޓީ ނަގަން އެންމެ މުހިއްމު އެއް ސަބަބަކީ އެއީ. އެގޮތަށް ބޭނުންވާހާ ގޮތަކަށް މީހުން ވަޒީފާއިން ވަކި ނުކުރެވޭނެކަން ގާނޫނީ ގޮތުން ކަށަވަރުކޮށްފައި ބޭއްވުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު އެންމެ ފުރަތަމަ ކުރާނެ ކަމަކީ ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ގާނޫނީ ގޮތުން ކަށަވަރުކުރުން. އެފަދަ ބިލެއް ހުށަހަޅައި ބޭނުންހާ ގޮތަކަށް ވަޒީފާއިން ވަކިނުކުރެވޭނެކަން ގާނޫނުގައި ކަނޑައަޅައި ތަންފީޒުކުރާނަން،" ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު މެމްބަރުކަން ކުރެއްވި ސޯލިހު ވިދާޅުވި އެވެ.

ވަޒީފާގެ ނުފޫޒާއި ބިރު ދެއްކުމުގެ އިތުރުން ކަރަންޓު ދޭނީ ޕާޓީ މެމްބަރުންނަށް އެކެނި ކަމަށް ދެކޭ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮ ނުވާނެ ކަމަށާއި "ވީހާ ވެސް އަވަހަކަށް ކުރަންވީ ކަމަކީ މި ބޭފުޅުން މިކަމުން ދުރުކުރުން" ކަމަށް ވިދާޅުވި އެވެ.

"އެހެން ނޫންނަމަ އަޅުގަނޑުމެންނަށް ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރި ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން އިއުލާނު ކުރަމުންދާ މަޝްރޫއުތަކަށް އަލި އަޅުވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ ނ، ރ އަދި ބ. އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ފަށަން އިއްޔެ އެމްޓީސީސީއާ ހަވާލުކުރިއިރު، އެއީ ލޯންޗު ބަނުމަށް ވެސް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. ފެލިވަރުގައި އާ މަސްފެކްޓްރީއެއް އެޅުމުގެ މަޝްރުއަކީ ވެސް ވެރިކަން ބަދަލުވި އިރު ފައިސާ ހޯދައި، ބީލަމަށް ހުޅުވާލަން ވެފައި އޮތް މަޝްރޫއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox