ސިޓީބިޓީ: ރައީސް މުއިއްޒު ރައްޔިތުންނާއެކު ހެދި އެއްބަސްވުން

ރައީސް ޑރ. މުހައްމަދު މުއިއްޒު.

ރައީސް ޑރ. މުހައްމަދު މުއިއްޒު.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް

މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނާއެކު ހެދި "އެއްބަސްވުމުގައި" ހިމެނޭ މައިގަނޑު ދެ ކަމަކީ އިންޑިއާ ސިފައިން ފޮނުވައިލުމާއި، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމެވެ.

މަނިކުފާނު ހޮވުމަށް އަރުވައިޖަހައިގެން ނުކުތީ، ރައީސް ޔާމީން މިނިވަން ވާނެކަމުގެ އުއްމީދުގަ އެވެ. ދެއްވި އެ ޔަގީން ކަމުގަ އެވެ. އިންޑިއާ ސިފައިން (ހެލިކޮޕްޓަރާއި މަތިންދާ ބޯޓާއެކު) ބޭރުކުރާނެ ކަމަށް ގަބޫލު ކުރެވުނީމަ އެވެ. ރައްޔިތުންނާއެކު ހެދި އެ އެއްބަސްވުމުގައިވާ މި ދެ މާއްދާއާ އެއްގޮތަށް ކަންކުރެވުނު ކަމަކަށް ހެކިވެރިއެއްގެ ގޮތުން އަހަރެންނަށް ގަބޫލެއް ނުކުރެވެ އެވެ.

Advertisement

ކުރިން ހަރާމް ހުކުމެއް ކަމަށް ދެކުނު ނަމަވެސް، ރައީސް ޔާމީން މިނިވަންކުރުމުގެ އެންމެ ލަފުޒެއް ވެސް މި ސަރުކާރުގެ އެއްވެސް ވެރިޔަކު މިހާރު ބޭރުކޮށް ނުލަ އެވެ. "ފްރީ ރައީސް ޔާމީން" ޖެހި ޓީޝާޓުތައް ނިދާން ވެސް ލާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. މިއީ ދުނިޔޭގެ އާދަ ކަމަށް ދެކެ، މި ވެރިކަމުގައި ރައީސް ޔާމީން މިނިވަން ވެދާނެ ކަމުގެ އުއްމީދު މި ދޫކޮށްލީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި މިހާރު ވެސް ތިޔަ ވިދާޅުވަނީ "އަމިއްލަވަންތަކަން އޮތް، އަމިއްލަ މިނިވަން ގައުމެއް ކަމުގެ އިހުސާސެއް ނުކުރެވޭ،" ވާހަކަ އެވެ. ކީއްވެގެންތޯ އެވެ؟ ވެރިކަމުގެ އާރާއި ބާރު ފުރިހަމައަށް ދިނީމެވެ.

ކުރީ ސަރުކާރުން ބުނަމުން ދިޔައީ އަސްކަރީ ބޭނުމެއްގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތް ވާހަކަ އެވެ. އޭރު އަހަރެމެން ބުނަމުން ދިޔައީ އެތައް ހާސް ސިފައިންނެއް ތިބި ކަމަށެވެ. ދައްކަމުން ދިޔައީ އެ މީހުން ބޭރުކުރާނެ ވާހަކަ އެވެ. ރައްޔިތުންނާއެކު މަނިކުފާނު ހެދި އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްގެން، އެ މީހުން ރުހޭ ގޮތަށް ކަންކަން ކުރާނެ ވާހަކައެއް ނުލިޔުއްވަ އެވެ.

ރައީސް ކަމަށް ވަޑައިގަތުމަށް ފަހު، ކެންޑިޑޭޓުގެ ހައިސިއްޔަތުން ދެއްކެވި އެ ވާހަކަ ހަނދާނުގައި ހުރިކަން ގަބޫލެއް ނުކުރެވެ އެވެ. އެއީ އިންޑިއާ ސިފައިން ނެތް ކަމަށް މިހާރު ވިދާޅުވާތީ އެވެ. މިހާރު ތިޔަ ވިދާޅުވަނީ ދެ ވަނަ ގްރޫޕް ބޭރުކުރި ކަމާއި އެންމެ ފަހު ބެޗް މެއި 10 ގެ ކުރިން ބޭރު ކުރާނެ ވާހަކަ އެވެ. ނަމަވެސް، ފުރަތަމަ ބެޗާއި ދެ ވަނަ ބެޗް ބޭރުކޮށްފީމޭ ބުނެލުން ފިޔަވައި އެކަމަށް ބާރު ދޭ އިތުރު އެއްވެސް ކަމެއް ނެތެވެ. އެހެންވެ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހަމައެކަނި ބަދަލުކުރީ ޔުނިފޯމެވެ. އެހެންވެ، އެ ވައުދު ތިޔަ ފުއްދަވަނީ އެއްބަސްވި ގޮތަކަށް ނޫނެވެ.

ކުރިން ގޯސްވި، އަދި މިނިވަންކަން ގެއްލިގެން ގޮސްފައިވާ ކަމަށް އޭރު ވިދާޅުވި އެއްވެސް އެއްބަސްވުމެއް ބާތިލް ކުރައްވައިފިންތޯ އެވެ؟ އިންޑިއާ އާއެކު ހެދި ހައިޑްރޯގްރަފީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރުނުކޮށް، ހުއްދަ ތިޔަ ދެއްވީ ޗައިނާގެ ރިސާޗު ވެސަލަށެވެ. އެ އުޅަނދު އެ ދަނީ ރާއްޖޭގެ އިމުގެ ތެރެއަށް ވެސް ވަދެ ކަނޑުގެ ބަތާނަ ބަލަމުންނެވެ. އެހެންވެ، ތިޔަ ކިޔާ ގައުމިއްޔަތަކީ ކޮން ބައްޓަމަކަށް އޮތް އެއްޗެއްކަން އޮޅިއްޖެ އެވެ.

ކުރިން ގޯސްވި ކަންކަން މިހާރު ރަނގަޅޭ ގަބޫލު ކުރެވޭހެން ހީވާތީވެ، އެއީ ވެސް އޮންނަންވީ ގޮތް ކަމަށް ގަބޫލުކުރަންވީތޯ އެވެ. ހިލަމެއް ނުވެ ދައުލަތް ވީދައި ކަމުންދާތަން ފެންނައިރު، އެއީ ގައުމިއްޔަތުގެ ފަހުރޭ ބުނަންވީތޯ އެވެ. އެއް ގައުމަކަށް ބަރޯސާވުން ގޯސްވެފައި، މިހާރު ޗައިނިއްޔަތަކީ މޮޅު ހާރިޖީ ސިޔާސަތެއް ކަމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ގަބޫލުކުރަންވީތޯ އެވެ.

އަހުމަދު، ވިލިނގިލި

----

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox