އޭދަފުށި ފުޓްސަލް ކަޕް: ވެލާ، ޔުނައިޓެޑް ވީ، އަފްރޯ އަދި ސީސީ ކުއާޓާ އަށް

އޭދަފުށި ފުޓްސަލް ކަޕުގައި އެފްސީ ދުންތަރި އާއި ވެލާ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އޭދަފުށި ފުޓްސަލް ކަޕުގައި އެފްސީ ދުންތަރި އާއި ވެލާ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024 ގެ ކުއާޓާ ފައިނަލުން ވެލާ ސްޕޯޓްސް ކުލަބް, ޔުނައިޓެޑް ވީ، ކްލަބް ކޮމްބިނޭޝަން (ސީސީ) އަދި އަފްރޯ ސްޕޯޓްސް ކުލަބުން ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގައި ރޭ ވެސް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ރޭގެ ފުރަތަމަ މެޗުގައި ގްރޫޕް ސީގައި ވީ ވެލާއިން ވަނީ ކޭބަލް ބްރަދާސްގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިފަ އެވެ. މި މެޗުގެ ދެވަނަ މިނެޓުގައި ވީ ވެލާ އަށް ލީޑު ނަގާދިނީ ކެޕްޓަން މުހައްމަދު އަލޫފް ރިފާއު ޖަހާދިން ގޯލުންނެވެ. އެކަމަކު މެޗުގެ 10 ވަނަ މިނެޓުގައި ކޭބަލް ބްރަދާސްގެ މުހައްމަދު ހިސާން އަބްދުއް ރައްޒާގް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން ކޭބަލް ބްރަދާސްގެ މުހައްމަދު މަދީން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި ވީ ވެލާއިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ އަލީ އިފްޒާލް ސޯދިގެވެ. އަދި އޭގެ ދެ މިނެޓު ފަހުން އަލޫފް ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. މެޗުގެ ފަހު މިނެޓުގައި ވީ ވެލާއަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު އަނޫފް ނާޝިދު ޖެހި ގޯލުންނެވެ.

ވީ ވެލާ އާއި ކޭބަލް ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
ވީ ވެލާ އާއި ކޭބަލް ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ވީ ވެލާ އާއި ކޭބަލް ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ރޭ ގްރޫޕް ޑީގައި ވެލާ ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗުގައި އެފްސީ ދުންތަރީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދާ އެ ޓީމުން ކުއާޓާގެ ޖާގަ ވަނީ ކަށަވަރުކޮށްފަ އެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި ވެލާ އިން ގޯލު ޖަހާ ލީޑު ނެގި އެވެ. މިއީ ދުންތަރީގެ ކެޕްޓަން ޝާފިއު މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން ވެލާއިން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ހައްފާފް ސިދުގީ އެވެ. ވެލާގެ ތިންވަނަ ގޯލު މެޗުގެ 14 ވަނަ މިނެޓުގައި ޖަހާދިނީ ހުސައިން ސުހައިލް (ސޮކޭ) އެވެ. މި މެޗުގައި ދުންތަރިން ހަމައެކަނި ޖެހި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު ޝިފާން އެވެ.

ގްރޫޕް އޭގައި ނަލަ ބްރަދާސްގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދާ ޔުނައިޓެޑް ވީ އިން ވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ. މި މެޗަށް ނުކުތްއިރު ވެސް ނަލަ ބްރަދާސް އިން ވަނީ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފަ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޓެޑް ވީ އަށް އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާ އެކުގަ އެވެ. ދެވަނަ ނަލަ ބްރަދާސް އަށް ލިބެނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑް ވީ އާއި ނަލަ ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
ޔުނައިޓެޑް ވީ އާއި ނަލަ ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ޔުނައިޓެޑް ވީ އާއި ނަލަ ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

މި މެޗުގައި ޔުނައިޓެޑް ވީ އިން ކާމިޔާބުކުރި ހަތަރު ގޯލު ވެސް އެ ޓީމަށް ޖަހާދިނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) އެވެ. ނަލަ ބްރަދާސްގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.

ގްރޫޕް ބީ އިން އަފްރޯ ކުއާޓާގެ ޖާގަ ކަށަވަރުކުރީ އެފްސީ މާލިންސް 4-0 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ. މި ނަތީޖާއާ އެކު، މި ގްރޫޕްގައި ހިމެނޭ ސީސީ އަށް ވެސް ވަނީ ނޮކައުޓް ބުރުން ފުުރުސަތު ލިބިފަ އެވެ.

ރޭގެ މެޗުގެ ހަތަރު ވަނަ މިނެޓުގައި އަފްރޯ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އަފްރޯގެ އަލީ މާއިސް (މައްޓު) ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އަފްރޯގެ ތިން ވަނަ ގޯލު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަހާދިނީ އަލީ ނަސީމް އެވެ. އަދި ފަހު ގޯލު ދެވަނަ ހާފުގެ ފަހު މިނެޓުގައި ޖަހައިދިނީ ވެސް ނަސީމް އެވެ.

އަފްރޯ އާއި އެފްސީ މާލިންސް ބައްދަލުކުރި މެޗުގެ ތެރެއިން : ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް. އެމްވީ
އަފްރޯ އާއި އެފްސީ މާލިންސް ބައްދަލުކުރި މެޗުގެ ތެރެއިން : ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް. އެމްވީ

އަފްރޯ އާއި އެފްސީ މާލިންސް ބައްދަލުކުރި މެޗުގެ ތެރެއިން : ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް. އެމްވީ

މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 17 ގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް އޭދަފުށި ކައުންސިލް ފޭސްބުކް ޕޭޖު އާއި ޔޫޓިއުބުން ލައިވްކޮށް ދައްކާނެ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅޭނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox