ކައްދޫ އެއާޕޯޓު ތަރައްގީކޮށް ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކަށް

ލ. ގާދޫ. މިއީ ހިމާޔަތްކޮށްފައި އޮންނަ ރަށެއް ކަމަށްވާއިރު މި މަޝްރޫއު ކުރިއަށްގެންދާއިރު 80 ޕަސެންޓު ހިމާޔަތްކުރާނެ ކަމަށް އެމްޕީއެލުން ބުނޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ލ. ގާދޫ. މިއީ ހިމާޔަތްކޮށްފައި އޮންނަ ރަށެއް ކަމަށްވާއިރު މި މަޝްރޫއު ކުރިއަށްގެންދާއިރު 80 ޕަސެންޓު ހިމާޔަތްކުރާނެ ކަމަށް އެމްޕީއެލުން ބުނޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ލ. ކައްދޫގައި އޮންނަ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށާއި ލ. ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސަރުކާރުގެ ފަރާތުން ޗައިނާ ކުންފުންޏަކާ އެކު ސޮއިކޮށްފި އެވެ.

އެމްޕީއެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ. މި މަޝްރޫއު ކުރިއަށްގެންދަން ހަވާލުކުރީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާއެކު އެވެ.

މި މަޝްރޫއުގެ ދަށުން އިކޯ ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރާއިރު އެތަނުގެ މުވައްޒަފުން ބޭސްވެފައި ތިބޭނީ ލ. ފޮނަދޫގައި ކަމަށް އެމްޕީއެލްއިން ބުނެ އެވެ. މި ރިސޯޓު ތަރައްގީ ކުރާނީ ގާދޫ އާއި ފޮނަދޫއާއި ދޭތެރޭ އޮންނަ ފަޅުގަ އެވެ.

Advertisement

ގާދޫއަކީ ހިމާޔަތްކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގައި ބަނދަރު އަޅަން ނިންމުމުން ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. މި މަޝްރޫއު ހިންގާއިރު ގާދޫގެ 80 ޕަސެންޓުގައި އަތްނުލާނެ ކަމަށާއި އަދި ހިމާޔަތް ކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ.

ކްރޫޒް ޓާމިނަލްގައި ކަސްޓަމްސް އާއި އިމިގްރޭޝަނާއި ޑިއުޓީ ފްރީ އަދި ލ. އަތޮޅުގެ ރަށްތަކަށް ދެވޭ ޝަޓަލް ހަބެއް ގާއިމުކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ.

އޭގެ އިތުރުން ޔޮޓް މެރީނާއަކާއި އޮފްޝޯ ބަންކަރިންގެ ހިދުމަތް ވެސް އެތަނުން ދޭނެ ކަމަށް އެމްޕީއެލުން ބުނެ އެވެ. މިއީ ދުނިޔޭގެ އިރުން ހުޅަނގަށް އަދި އިރުން ހުޅަނގަށް ކަނޑުމަގުން މުދާ ގެންދާ އެންމެ މައިގަނޑު އެއް ރޫޓެވެ.

މި މަޝްރޫއުގައި މިރޭ ސޮއިކުރި ނަމަވެސް އެމްޕީއެލުން ވަނީ އަމަލީ މަސައްކަތް ނުފަށަނީސް މުވައްޒަފުން ހޯދަން އިއުލާނުކޮށްފަ އެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން އޮތް މަޝްރޫއުއެކެވެ.

އޭގެ އިތުރުން, ކައްދޫ އެއާޕޯޓު ތަރައްގީކުރަން ވެސް ވަނީ ސޮއިކޮށްފަ އެވެ. ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާއެކު މި ފަހުމުނާމާގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު އެވެ.

ކައްދޫގެ އެއް ބަޔަކީ ޓޫރިޒަމަށް ހާއްސަކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރެއްވި އެވެ. ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓު މިހާރު ރީޖަނަލް އެއާޕޯޓްސްގެ ދަށަށް ބަދަލުކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓުތަކުން އެއާޕޯޓެކެވެ. އެ އެއާޕޯޓަށް ގިނައިން ދަތުރުކުރަނީ ލާމުގައި އޮންނަ ރިސޯޓުތަކަށް ދާ ފަތުރުވެރިންނެވެ.

ކުރީ ސަރުކާރުން ވަނީ ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތް ކުރަން ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ދޭނެ ބަޔަކު ހޯދަން ޖެނުއަރީގައި އިއުލާންކުރުމަށް ފަހު، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އޮގަސްޓު 2023, ގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox