އަވަސް ރައިޑުގެ ހިދުމަތް ފުޅާކޮށް އަވަސް އެޕަށް ރީބްރޭންޑް ކޮށްފި

އަވަސް ރައިޑުގެ ހިދުމަތް ފުޅާކޮށް އަވަސް އެޕަށް ރީބްރޭންޑް ކޮށްފި

ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުންދާ އެންމެ ބޮޑު ކުންފުނި އަވަސް ރައިޑްގެ މޯބައިލް އެޕްލިކޭޝަން, އިތުރު ހިދުމަތް ތަކާއެކު އަވަސް އެޕަށް ރީބްރޭންޑް ކޮށްފި އެވެ.

އަވަސް އެޕްގެ މައިގަނޑުގެ ހިދުމަތް ކަމަށްވާ ޓެކްސީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ކަސްޓަމަރުންނާއި ޑްރައިވަރުންނަށް ފަސޭހައިން ހިދުމަތުގެ އަގު ދެއްކޭ ގޮތަށް ޕޭމަންޓް ގޭޓްވޭ ތައާރަފު ކުރުމަށް ވަނީ ނިންމައިފަ އެވެ.

އަވަސް އެޕަށް ރެޖިސްޓާވާ ޑްރައިވަރުންނަށް ތިން މަސް ދުވަސް މުޅިން ހިލޭ ޕްރޮމޯޝަނެއް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

Advertisement

އަވަސް އެޕް މިހާރު ގޫގުލް ޕްލޭ ސްޓޯ އަދި އެޕަލް އެޕް ސްޓޯއިން ޑައުންލޯޑު ކުރެވޭނެ އެވެ. އާ އެޕް ތައާރަފު ކުރިޔަސް، ކުރީގެ އެޕް ވެސް އަދި ބޭނުން ކުރެވެ އެވެ. ނަމަވެސް، ދުވަސްތަކަކަށް ފަހު މުސްކުޅި އެޕް ދޫކޮށްލާނެ އެވެ.

ހިދުމަތް ތަކާއި ގުޅޭ އިތުރު މައުލޫމާތު އަވަސް އެޕްގެ ސޯޝަލް މީޑިޔާ ޕޭޖްތަކުން ލިބޭނެ ކަމަށް އެ ހިދުމަތުން ބުނެ އެވެ.

އަވަސް ރައިޑު މެދުވެރިކޮށް ކާރުގެ އިތުރުން، ޕިކަޕާއި ސައިކަލުވެސް އޯޑަރު ކުރެވެއެވެ. އަދި ޓެކްސީ ބޯޑު ނުޖަހާ ޕްރައިވެޓް ކާރުތަކަށް ވެސް ދަތުރުތައް ނެގެ އެވެ.

އަވަސް ރައިޑްގެ ހިދުމަތް 2019 ވަނަ އަހަރު މާލެ ސިޓީގައި ފެށިއިރު، މި ހިދުމަތް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުން ވެސް ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ. މިހާރު ވެސް 2500 ވެހިކަލް އަވަސް އެޕް ބޭނުންކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox