ބާޒާރުން ކަރާ މަދުވެ، ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އުފުލިއްޖެ

ބާޒާރުގައި ކަރާ ވިއްކަން ބަހައްޓާފައި: ކަރާ ކިލޯއެއްގެ އަގު ވަނީ 40ރ. އަށް އުފުލިފައި -- ފޮޓޯ: އަދަދު

ބާޒާރުގައި ކަރާ ވިއްކަން ބަހައްޓާފައި: ކަރާ ކިލޯއެއްގެ އަގު ވަނީ 40ރ. އަށް އުފުލިފައި -- ފޮޓޯ: އަދަދު

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ކަރާ ވަރަށް ބޮޑަށް މަދުވެ، ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އުފުލިއްޖެ އެވެ.

ބާޒާރުގައި ބޮޑު ކަރާގެ އިތުރުން ކުޑަ ކަރާ ވެސް މިއަދު ހުރީ ވަރަށް މަދުން ކަމަށްވާއިރު، ކުޑަ ކަރާ ކިލޯއެއް ލިބެން ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކަރާގެ އަގު ރޯދަ މަސް ފެށުނުއިރު 15ރ. އާއި 20ރ. އާ ދެމެދު ހުރިއިރު، ފުރަތަމަ 15 ރޯދައަށްފަހު 25ރ. އަށް ވަނީ އަގު އުފުލިފަ އެވެ. އަދި ފަހު 10 ރޯދައަށް އަގު ވަނީ 30ރ. އަށް އުފުލިފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކަން ހުރި މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ރަށްރަށުން ކަރާ ލިބުން ހުއްޓިފައިވާ ކަމަށާއި، ދެން ކަރާ ލިބޭނެ ކަމަށް ބެލެވެނީ އީދު ބަންދަށްފަހު ކަމަށެވެ.

"ބޯޓުތައް އައުން މިހާރު މިވަނީ ގާތްގަނޑަކަށް ހުއްޓިފައި. ކަރާ މިހާރު ލިބެނީ ވަރަށް މަދުން އަދި ލިބެނީ ވަރަށް އަގުބޮޑުކޮށް" ބާޒާރުން ވާހަކަ ދެއްކި މީހާ ބުނި އެވެ.

ބާޒާރުގައި މިއަދު ކުރުނބައެއް 30ރ. އާއި 80ރ. އާ ދެމެދު ހުރިއިރު، ދިވެހި ޖުމްހޫރީ މޭވާގެ އަގު ވަނީ 170ރ. އަށް އުފުލިފަ އެވެ. ނަމަވެސް ބޭރު ޖުމްހޫރީ މޭވާ ލިބެން ހުރީ 120ރ. އަށެވެ.

ކަނޑޫދޫ މިރުސް މިއަދުވެސް 100 ގްރާމު 15ރ. އާއި 25ރ. އާ ދެމެދު ހުރިއިރު، ކެރެޓް ކިލޯއެއްގެ އަގު ވަނީ 70ރ. އިން 50ރ. އަށް ވެއްޓިފަ އެވެ. އަދި ކެޕްސިކަމް ކިލޯއެއްގެ އަގު ވަނީ 70ރ. އަށް އުފުލިފަ އެވެ.

ލެޓިއުސް ކިލޯއެއްގެ އަގު 80ރ. އާއި 120ރ. އާ ދެމެދު ހުރިއިރު، އޮރެންޖެއް ލިބެން ހުރީ 6ރ. އަށެވެ. އަދި އާފަލެއް 7ރ. އާއި 8ރ. އަށް ހުރިއިރު، މެންޑެރިން ކިލޯއެއްގެ އަގު ހުރީ 70ރ. އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox