އެމަނިކުފާނު ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވަނީ އަބްދުއްރަހީމް ދެކެ ކަމަށް ރައީސް ވިދާޅުވެއްޖެ

އެމަނިކުފާނު ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވަނީ އަބްދުއްރަހީމް ދެކެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވަނީ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ދެކެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުންދާ އަބްދުއްރަހީމްގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް ސިޔާސީ ގޮތުން އެންމެ އެހީތެރިވެފައި ވަނީ އަބްދުއްރަހީމް ކަމަށެވެ.

"އެމަނިކުފާނަކީ [އަބްދުއްރަހީމްއަކީ] އަޅުގަނޑަށް މިދިޔަ ހުރިހާ ދުވަސްވަރެއްގައި، ސިޔާސީ މަސައްކަތުގައި، އަޅުގަނޑަށް ދިމާވި ހުރިހާ ކަމެއްގައި އެންމެ ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާ. އެއީ ރައީސް [އަބްދުﷲ] ޔާމީނުގެ ވެރިކަމުގައި ވެސް އަދި ފަހުން ވެސް. އެހެންވީމާ އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، އަޅުގަނޑު އެންމެ ބޮޑަށް އެ ބޭފުޅަކަށްޓަކައި ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް،" ރައީސް ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމްގެ ދަރިކަލުން އަދި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މި ސަރުކާރު ދެމެހެއްޓުން ލ. އަތޮޅުގެ ރައްޔިތުންނަށް ލާޒިމު ކަމަށެވެ.

"އަޅުގަނޑު ހަމަ ލ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަން. މި ސަރުކާރު ދެމެހެއްޓުމަކީ ލ. އަތޮޅުގެ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް. އެހެންވީމާ އެކަން ކޮށްދެއްވާ،" ފައިސަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ޕާޓީގެ ބައެއް ކެންޑިޑޭޓުން ދޫކޮށް ސަރުކާރުން އެހެން ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރާ މައްސަލައަށް އިޝާރާތް ކުރައްވާ ފައިސަލް ވިދާޅުވީ، ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓުން ފަހަތަށްޖެހެންޖެހޭ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ގޮތުގައި އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު އިސްވެގެން ބައެއް ގޮނޑިތައް ގެއްލުމުގެ ބިރުވެރިކަން އަޅުގަނޑުމެންނަށް އެބަ އޮތް،" ފައިސަލް ވިދާޅުވި އެވެ. "އޭގެ އެހުރި ހިތްހަމަނުޖެހުންތައް ދޫކޮށް އަޅުގަނޑުމެން އެންމެން އެކުވެރިވެ، މި މަސައްކަތަށް ގުޅުމަށް އަޅުގަނޑު އިލްތިމާސް ކުރަން."

އަބްދުއްރަހީމަކީ ކުރީގެ ރައީސް ޔާމީންއާ ކުރިން ވަރަށް ގާތް ބޭފުޅެކެވެ. ޔާމީން އެންމެ ފުރަތަމަ ހެއްދެވި ޕީޕަލްސް އެލަޔަންސްގައި ވެސް އިސްކޮށް ހަރަކާތްތެރިވި އެވެ. ޕީޕީއެމްއަށް ބަދަލުވީ ރައީސް ޔާމީނާއެކު އެވެ. ޔާމީންގެ ވެރިކަމުގައި ވެސް އިސް ދައުރެއް އޭނާ އަދާކުރެއްވި އެވެ. ނަމަވެސް މިހާރު އަބްދުއްރަހީމް ގެންދަވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox