އިންޑިއާގެ ކޯސްޓްގާޑުން ބަންގްލަދޭޝްގެ މަސް ބޯޓެއް ސަލާމަތް ކޮށްފި އެވެ.
އިންޑިއާގެ ކޯސްޓް ގާޑުން ބުނީ، އިންޖީނު ހުއްޓިގެން ބެހެމުން ދިޔަ ބަންގްލަދޭޝްގެ މަސް ބޯޓެއް ސަލާމަތް ކޮށްފައިވާ ކަމަށާއި، އެ ބޯޓު ސަލާމަތްކުރީ އިންޑިއާގެ ކަނޑުގެ ސަރަހައްދުން ކަމަށެވެ.
އިންޑޯ-ބަންގްލަދޭޝް އިންޓަނޭޝަނަލް މެރިޓައިމް ބޯޑާ ލައިންގައި ޕެޓްރޯލް ކުރަމުން ދަނިކޮށް މަސް ބޯޓު ފެނުމުން، ބޯޓުގައި ތިބި 27 މަސްވެރިން ސަލާމަތް ކޮށްފައިވާ ކަމަށް އިންޑިއާ ކޯސްޓް ގާޑުން ބުނެ އެވެ.
އިންޑިއާ ކޯސްޓްގާޑުން ބުނީ މަސް ބޯޓު ހުއްޓިފައި ވަނީ ގިއަރު ސެޓް ހަލާކުވެގެން ކަމަށާއި، އެ ބޯޓު ފެނިފައި ވަނީ އޮޔާއެކު ބެހެމުންދަނިކޮށް ދެ ދުވަސްވީ ފަހުން ކަމަށެވެ.
މަސް ބޯޓުން ދަތުރުކުރި މީހުން މިހާރު ވަނީ ބަންގްލަދޭޝްއާ ހަވާލުކޮށްފަ އެވެ.










