މި ސީޒަނުގައި އިނގިރޭސި ރެފްރީންގެ ފެންވަރު ވަރަށް ދަށް: ކޮމްޕެނީ

Apr 2, 2024, 7:12 AM
މި ސީޒަނުގައި އިނގިރޭސި ރެފްރީންގެ ފެންވަރު ވަރަށް ދަށް: ކޮމްޕެނީ

ލަންޑަން (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި އިންސާފުކުރާ ރެފްރީންގެ ފެންވަރު މި ސީޒަނުގައި ވަރަށް ދަށް ކަމަށް ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.

ލީގުގައި އެންމެ ފަހުން، ބާންލީން ކުޅުނު މެޗުގައި 2-2 އިން ޗެލްސީއާ އެއްވަރުވިއިރު، އެ މެޗުގައި ކޮމްޕެނީ އަށް ވަނީ ފުރަތަމަ ހާފުގައި ރަތް ކާޑު ދައްކައިފަ އެވެ. އެއީ، މެޗުގެ ރެފްރީ، ޗެލްސީ އަށް ޕެނަލްޓީއެއް ދޭން ނިންމިއިރު، ބާންލީ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން، އެ ކަމާ ކޮމްޕެނީ ހިތްހަމަނުޖެހުން ފާޅުކުރި ގޮތުންނެވެ.

މި ސީޒަނުގައި މިހާތަނަށް ބާންލީގެ ހަ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވާއިރު، އެންމެ ގިނައިން ރަތް ކާޑު ދެއްކީ ވެސް އެ ޓީމުގެ ކުޅުންތެރިންނަށެވެ.

Advertisement

މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ކޮމްޕެނީ ބުނީ، ރެފްރީންގެ ކަންކަމާ ގުޅޭގޮތުން އޭނާ މީޑިއާގައި ވާހަކަ ދައްކައި، ފާޑުކިޔަނީ އެކަމާ ގުޅޭ ގޮތުން އަދަބު ލިބޭނެކަން އެނގިހުރެ ކަމަށެވެ.

"ލަދުން ވެސް ނުހުންނާނަން، ބިރުން ފަހަތަކަށް ވެސް ނުޖެހޭނަން. އަހަރެން ދެކޭގޮތް ހާމަކުރާނަން. ރެފްރީންގެ އިންސާފުކުރުމުގެ ފެންވަރު މި ސީޒަނުގައި ފެންނަނީ ވަރަށް ދަށްކޮށް. މިއީ އަހަންނަށް ގަބޫލުކުރެވޭ ގޮތް،" ލީގުގެ 19 ވަނައިގައި އޮތް ބާންލީއާ ހަވާލުވެހުރި ކޮމްޕެނީ ބުންޏެވެ.

ކޮމްޕެނީ ބުނީ މީގެ އެންމެ ބޮޑު މައްސަލަ އަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އައުމާ އެކު، ރެފްރީންނަށް ފަސޭހަވާނެކަމަށް ގަބޫލުކުރެވުނުއިރު، އޭގެ ފަހުން ވެސް ކަންކަން ރަނގަޅު މަގުން ނުދާތީ ކަމަށެވެ. އަދި ވީއޭއާރް ބޭނުންކުރުމުގައި، އެކި ފަހަރު އެކި ރެފްރީން އަމަލުކުރާ ގޮތް ތަފާތުކަން ވެސް ކޮމްޕެނީ ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox