ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް އުރީދޫއިން ހަމަޖައްސައިފި އެވެ.
އުރީދޫއިން ބުނީ އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކޮށްލައިގެން ފޯނުން ފިތުރު ޒަކާތް ދެއްކުމަށް މިހާރު މިވަނީ މަގު ފަހިވެފައި ކަމަށެވެ.
އެމް-ފައިސާއިން ޒަކާތް ދައްކާ ގޮތް
- އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެގުމަށްފަހު، ފިތުރު ޒަކާތް ބެނާއަށް ފިތާލާ.
- އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ހިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީ.
- އޭގެ ފައިސާ ދެއްކުމަށް އެމްފައިސާ ހިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލައިގެން، އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެ.
މި އަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލެވިފައި ވަނީ މާޗު 11، އިން ފެށިގެން އެޕްރިލް 6، ގެ ނިޔަލަށެވެ.










