ޑްރޯނެއްގެ އަސްލު އަގަކީ ދެ މިލިއަން ޑޮލަރު، ރާއްޖެއިން ގަތް އަގު ހާމަ ކުރަންޖެހޭ: އެމްޑީޕީ

Mar 25, 2024, 5:39 PM
މިރޭގެ ޕްރެސްގައި އީސާ ވާހަކަ ދައްކަވަނީ: ގޮވާލެއްވީ ކޮރަޕްޝަނެއް ނެތް ނަމަ ޑްރޯން ގަތް އަގު ހާމަ ކުރަން -- ފޮޓޯ: ލީވާން އަލީ ނާސިރު / އަދަދު

މިރޭގެ ޕްރެސްގައި އީސާ ވާހަކަ ދައްކަވަނީ: ގޮވާލެއްވީ ކޮރަޕްޝަނެއް ނެތް ނަމަ ޑްރޯން ގަތް އަގު ހާމަ ކުރަން -- ފޮޓޯ: ލީވާން އަލީ ނާސިރު / އަދަދު

ދިވެހިރާއްޖެއިން ގަތް ބޭރަކްތާރު ޓީބީ-2 ޑްރޯންއެއްގެ އަގަކީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށާއި އެ ޑްރޯންތައް ގަތް އަސްލު އަގު ސަރުކާރުން ހާމަ ކުރަންޖެހޭ ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީން މިރޭ ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ ރާއްޖެއިން ތިން ދެ ޑްރޯން ގަތުމަށް 39 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށާއި އެއީ ބޮޑު ކޮރަޕްޝަނެއް ކަމަށެވެ. ކުވެއިތުން ޑްރޯން ގަތް އަގު މީޑިއާއަށް ހާމަކޮށްފައިވާ ކަމަށް ވެސް އީސާ ވިދާޅުވި އެވެ.

"އެ އާޓިކަލްގައި ވަރަށް ސާފުކޮށް އެބަ އޮތް އޭގެން ޑްރޯނެއް ކުވައިތަށް ގަތް އަގަކީ ދެ މިލިއަން ޑޮލަރޭ. ހަމަ އެއް ބްރޭންޑެއް، އެއް ފީޗާތަކެއްގެ ޑްރޯން، އެއް ކުންފުންޏަކުން، އެއް ގައުމަކުން. ކުވައިތަށް ދެ މިލިއަން ޑޮލަރަށް ޑްރޯނެއް ގަތީ ދިވެހިރާއްޖެއަށް 39 މިލިއަން ޑޮލަރަށް ދެ ޑްރޯން،" އީސާ ވިދާޅުވި އެވެ.

ތުރުކީއިން ދިވެހިރާއްޖެއަށް ގެނައީ ތިން ޑްރޯން ކަމަށްވެ އެވެ. އޭގެ ތެރެއިން ޑްރޯންއެއް ހިލޭ ލިބިފައިވާ ފަދަ މޭރުމަކުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ މިއަދު މަޖިލީހުގައި ވާހަކަ ދައްކައިފަ އެވެ. ނަމަވެސް އޭގެ ތަފުސީލު ހާމަ ކުރައްވަން މިނިސްޓަރު ދެކޮޅު ހެއްދެވި އެވެ.

މިރޭގެ ޕްރެސްގައި އީސާ ގޮވާލެއްވީ ޑްރޯން ގަތުމުގެ މުއާމަލާތުގައި ކޮރަޕްޝަން ނުހިމެނޭ ނަމަ ގަތް އަގު އަވަހަށް ހާމަ ކުރުމަށެވެ.

"ކޮރަޕްޝަން ނެތް ކަމަށްވާ ނަމަ ގަތް އަގު އާންމުކޮށްދެއްވަންވީ ނޫންތޯ. ގަތް އަގު ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަކަށް ނުވިސްނޭ. ނުރައްކާވާ ނަމަ ހަމަ [އަގު ހާމަކޮށްގެން] ކުވެއިތު ސަރުކާރަށް ވެސް ނުރައްކާވީސް ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ގައްސާން މިއަދު ވިދާޅުވެފައި ވަނީ ޑްރޯންއާ ގުޅޭ ބައެއް ތަކެތި ހިލޭ ލިބިފައިވާ ކަމަށެވެ.

"އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރުކުރުމަށް މި ހޯދުނު ޔޫއޭވީތަކުގެ ދިވެހިރާއްޖޭގެ ދައުލަތުން ހަރަދުކޮށްފަ ވެސް ވާނެ، އަދި ހިލޭ ވެސް އެއްޗެހި ލިބިފަ އެބަހުރި،" ގައްސާން ވިދާޅުވި އެވެ.

އޭގެ އިތުރުން ގައްސާން ވިދާޅުވީ ޑްރޯންގެ އެއްވެސް ތަފުސީލެއް އާންމު ޖަލްސާއެއްގައި ހާމަ ނުކުރައްވާނެ ކަމަށެވެ.

"އެ މައުލޫމާތު މިތާނގަ އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން، 241 ކޮމިޓީގަ ސިއްރު ޖަލްސާއެއްގަ މި މައުލޫމާތު އަޅުގަނޑުމެންނަށް އާއްމު ކުރެވިދާނެ،" ގައްސާން ވިދާޅުވި އެވެ.

ޑްރޯންތައް ގެނެސް އެތަކެތި އިފުތިތާހުކޮށްފައި ވަނީ މި ހިނގާ މާޗް 15، ގަ އެވެ. އޭގެ ކުރިން ޑްރޯންތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ޑްރޯންތައް ގެނައުމަށްފަހު އެއާ ކޯ ގެ ނަމުގައި ސިފައިންގެ ވައިގެ ގޮތްޕެއް ވެސް ވަނީ އުފައްދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox