ވާދަކުރަން ބޭނުންވެގެން މެންބަރު ރަޝީދު ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

މެންބަރު އަހުމަދު ރަޝީދު: އިންތިހާބުގައި އަލުން ވާދަކުރަން ބޭނުންވެ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި - ފޮޓޯ: މަޖިލީސް

މެންބަރު އަހުމަދު ރަޝީދު: އިންތިހާބުގައި އަލުން ވާދަކުރަން ބޭނުންވެ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (އަރާއިރު، ޗެކްމާކް ރަޝީދު) އަލުން އިންތިހާބުގައި ވާދަކުރައްވަން ބޭނުން ވެގެން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމައިފި އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނަނީ، އަހުމަދު ރަޝީދު ހުށަހެޅުއްވި މައްސަލައަކީ އިންތިހާބުތަކުގެ ގާނޫނުގައި އޮންނަ ގޮތުން ހައި ކޯޓަށް ބެލުމުގެ އިހުތިސޯސް އޮޮންނަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކެންޑިޑެސީ ބަލައިނުގަނެގެން ހުށަހެޅި މައްސަލައެއް ނޫން ކަމަށެވެ.

އެހެންވެ އެ މައްސަލައަކީ ހައި ކޯޓަށް ހުށަހެޅިދާނެ މައްސަލައެއް ނޫން ކަމަށް، ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އަހުމަދު ރަޝީދު ވާދަކުރުމަށް ހުށަހެޅުމުން، އީސީން އޭނާގެ ކެންޑިޑެސީ ބަލައިގަތެވެ. ނަމަވެސް ކެންޑިޑެސީ ދޫކޮށްލަން ލިބޭ ފުރުސަތުގައި އަހުމަދު ރަޝީދު އޭނާގެ ނަން ނެގީ، ރޯދަ މަހުގައި ބާއްވާ އިންތިހާބެއްގައި ވާދަކުރައްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ އެވެ.

އެންމެ ފުރަތަމަ އިންތިހާބު ބާއްވާ ތާރީހަކަށް ކަނޑައެޅީ މާޗު 17، އެވެ. ނަމަވެސް އެ ދުވަސް ރޯދަ މަސް ތެރެއަށް ދިމާވާތީ، ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސް ރޯދަ މަހު އެއްވެސް އިންތިހާބެއް ބޭއްވުން މަނާކުރި އެވެ. މިހާރު އިންތިހާބު ބާއްވަން ނިންމި ތާރީހަކީ އޭޕްރީލް 21، އެވެ.

ހިތަދޫ މެދު ދާއިރާއަށް މިހާރު ވާދަކުރާ ކެންޑިޑޭޓުންނަކީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝުއާއުއާއި، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ދިޔަރެސް ނޫހުގެ ބާނީ އަހުމަދު އަޒާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox