ކަންކަން ވާނެއޭ ބުނެ ހަވާލުވުމަށް ފަހު ކުރީ ސަރުކާރޭ ކިޔުމުގެ ހައްގެއް ނެތް: ފައްޔާޒު

ކަންކަން ވާނެއޭ ބުނެ ހަވާލުވުމަށް ފަހު ކުރީ ސަރުކާރޭ ކިޔުމުގެ ހައްގެއް ނެތް: ފައްޔާޒު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކުރީ ސަރުކާރޭ ބުނުމުގެ ހައްގު މިހާރު ގެއްލިފައިވާ ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މ. ރަތްމަންދޫއަށް ވަޑައިގެން އެރަށުގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައާ ގުޅިގެން ސަރުކާރުގެ މިނިސްޓަރުންނާއި ރައީސުލްޖުމްހޫރިއްޔާ ހިމެނޭހެން މުޅި ސަރުކާރު ގެންދަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ވީޑިއޯގައި ޝާހިދު ފާހަގަކުރެއްވީ ޕްރޮޖެކްޓުތައް ހުއްޓިފައިވާ ވާހަކަ އެވެ. އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވެސް ވިދާޅުވީ "ކޮންމެ ރަށަކުން ފެންނަނީ ހުރިހާ ޕްރޮޖެކްޓެއް ހުއްޓިފައި" ވާ މަންޒަރު ކަމަށެވެ.

"ސަރުކާރާ ހަވާލުވީ ތިމަންނާއަށް ވާނެ އޭ ކުރާނަމޭ. މިހާރު ދެން ކުރީ ސަރުކާރޭ ކިއުމުގެ ހައްގެއް ނެތް. އަމިއްލައަށް ހަވާލުވީ ހުރިހާ ކަމެއް ކުރާނަމޭ ކިޔާފަ. ހެދި ދޮގުން ސަލާމަތް ވާން ނިއުޒިލޭންޑް ބޭފުޅުންވެސް ނެރެގެން އަނެއްކާވެސް ދޮގު," މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވެފައިވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ފާޑުކިޔުމާއި ޕްރެޝަރު އިތުރުވާ ދަނޑިވަޅުތަކުގައި އެކަންކަން މެދުވެރިވީ ކުރީ ސަރުކާރުގެ އިހުމާލުތަކުން ކަމަށް އަންނަނީ ބުނަމުންނެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

އެމްޑީޕީން ބުނަމުންދަނީ ސަރުކާރުން ސިޔާސީ ގޮތުން ރައްދު ދިނުމުގެ ބަދަލުގައި ވެސް ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދަމުންދާ ކަމަށެވެ.

މިދިޔަ ދެ ދުވަހެއްހާ ދުވަހު އެމްޑީޕީ އާއި ސަރުކާރުގެ ވެރިންނާ ދެމެދު މި މައްސަލާގައި ބަހުގެ ހޫނު ހަމަލާތަކެއް ސޯޝަލް މީޑިއާގައި ދަނީ ބަދަލުކުރަމުންނެވެ. އެގޮތުން, ސަރުކާރުގެ ބައެއް ވެރިން ވަނީ އެމްޑީޕީގެ ފިކުރު ނައްތާލަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ.

އޭގެ ތެރެއިން, ސަރުކާރުގެ ވެރިންގެ ޕޯސްޓުތަކުގައި ޒިންމާދާރު މަގާމެއްގައި ހުންނައިރު، ހިފަހައްޓަންޖެހޭ އަހުލާގީ އާންމު މިންގަނޑަށްވުރެ ދަން ފެންވަރުގެ ބަހުރުވަ ބޭނުންކޮށްފައި ވާތީ އާންމުންގެ ފާޑު ކިޔުން ވެސް އެ ބޭފުޅުންނަށް އަމާޒުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox