ކެރޭ އެތުލީޓެއް، ނާހިލް ބޭނުމީ ނަމޫނާ ދައްކައިގެން ކާމިޔާބުހޯދަން

ކެރޭ އެތުލީޓެއް، ނާހިލް ބޭނުމީ ނަމޫނާ ދައްކައިގެން ކާމިޔާބުހޯދަން

ކޮންމެ އެތުލީޓަކުވެސް ޕްރޮފެޝަނަލް ލެވަލްގައި އެންމެ ފުރަތަމަ ދެކޭނެ ހުވަފެނަކީ ގައުމީ ޓީމުން ފުރުސަތު ހޯދުމެެވެ. ދިވެހި ދިދަ ޖަހާފައިވާ ޖޯޒީއެއް ލައިގެން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލް ކޮށްލުމެވެ. ގދ. ތިނަދޫ އަށް އުފަން އިބްރާހީމް ނާހިލް ނިޒާރު, 18, ވެސް އެންމެ ފުރަތަމަ ހާސިލްކުރަން ބޭނުންވި ޓާގެޓަކީ ގައުމީ ސްކޮޑުުގައި ހިމެނި ރާއްޖެ ތަމްސީލު ކުރުމެވެ.

އުމުރުން ވަރަށް ހަގު އިރު, ނާހިލް އަށް އެ ފުރުސަތު ފަހިވި އެވެ. އެކަމަކު، އެއީ ގޮންޖެހުން ބޮޑު ދަތުރަކަށްފަހުގަ އެވެ.

ގދ. ތިނަދޫ އަކީ އެ ރަށަކުން ގިނަ އެތުލީޓުންތަކެއް ނެރުނު ފަސް ގަނޑެކެވެ. ތިނަދޫގެ ގިނަ ދުވުންތެރިން ގައުމީ ޓީމުވެސް ތަމްސީލުކޮށްފި އެވެ. މި ފަހުން އަނެއްކާވެސް ތިނަދޫގެ ވެލި ޓްރެކުން ކުރި ހޯދަމުން އައި، ޕްރޮޑަކްޓަކީ "ނާހިލް" އޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.

ގައުމީ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ނާހިލް ދައްކުވައިދިން ޕާފޯމެންސް އެކަމަށް ހެކިދެ އެވެ. ހިތްވަރެއް އަޒުމެއް ނުގުޑަ އެވެ.

2022 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ނާހިލް ދުވަނީ.--- ފޮޓޯ: އަދަދު

ކެރިޔަރުގެ ފެށުން ސްކޫލް މުބާރާތްތަކާ ގުޅިފައި

ނާހިލްގެ ދުވުމުގެ ކެރިޔަރުގެ ފެށުމަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒެވެ. ގައުމީ ލެވަލް އަށް ނާހިލް ނެރެދިނީ ވެސް އެ ފަހުރުވެރި ހިޔާއިން ނެވެ. އެއީ 2016 ވަނަ އަހަރު އެ ފަހުރުވެރި ހިޔާގައި ބޭއްވި އިންޓަ ހައުސް މުބާރާތަކުން ފާޅުވި ތަރިއެކެވެ.

އެ ފަހުން، ފަހަރަކު މުބާރާތެއްގައި ވާދަކުރަމުން އައިސް މިހާރު އެހުރީ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި މެޑަލް ނުލާ ގެ އަށް ނުދާނެ އެތުލީޓަކަށް ބަދަލުވެފަ އެވެ.

"ވެލީގައި ފަރިތަކުރިއިރު, އަސްލު އުނދަގޫތަކެއް ހުރި, ވަޅުގަނޑުތަކާ އެއްޗެހި ހުންނާތީ އުނދަގޫވާނެތާ. އެކަމަކު މިހާރު މާލޭގައި ސިންތެޓިކްގައި ޕްރެކްޓިސްކުރާތީ އަބަދުވެސް ބަލަނީ ޓައިމިން ރަނގަޅު ކުރަން" ދުވުމުގެ ހަޔާތް ފެށިގެން އައި ގޮތް ހަނދާން ކުރަމުން ނާހިލް ބުންޏެވެ.

ނާހިލްގެ ކެރިޔަރުގެ ފެށުމަކީ އޭނާގެ ކޯޗު ރައުހަތު ގުދުރަތުﷲ ދިން ނަސޭހަތްތަކުގައި ހިފައި ގަދައަޅާ މަސައްކަތް ކުރުމެވެ.

އެންމެ ބޮޑު ބައުންސް އަކީ އެ މުބާރާތް. ގިނަ ރިކޯޑްތަކަކާއެކު ގައުމީ ޓީމުން ޖާގަ ލިބުން -- ނާހިލް

2022 ވަނަ އަހަރުގެ އިންޓަ ސްކޫލް މުބާރާތް ނާހިލްގެ ވިދުމުގެ ފެށުން

އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަކީ ގިނަ އެތުލީޓުންތަކެއް ގައުމީ ލެވަލްގެ މުބާރާތްތަކަށް ނެރެދޭ މުބާރާތެކެވެ. ނާހިލް އަށް މި މުބާރާތް ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ އޭނާ އަށް ޖޫނިއާ ލެވަލްގައި ގިނަ ގައުމީ ރިކޯޑްތަކެއް ހެދި މުބާރާތަކަށް އެ މުބާރާތް ވުމެވެ. ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ހަމައަށް އެންމެންގެ ލޯ އަމާޒުވި އެއް އެތުލީޓަކީ ނާހިލް އެވެ. ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ހަމައަށް ޖޫނިއާ މުބާރާތުގެ ގައުމީ ރެކޯޑް މުގުރަމުން އަޔެވެ. އެ މުބާރާތުގައި ދެއްކި ޕާފޯމެންސްއާ އެކު ގައުމީ ސްކޮޑުން ޖާގަ ވެސް ހޯދި އެވެ.

"އެއީ އަސްލު ވަރަށް ހާއްސަ މުބާރާތެއް. ގައުމީ ލެވަލްގައި ޕާފޯމް ކުރަން ލިބުނު ހިތްވަރެއް ވަރަށް އުފާވޭ ގިނަ ރިކޯޑްތަކެއް ހެދުނީތީ. ގައުމީ ޓީމަށްވެސް މި އެރުނީ އެ މުބާރާތުގެ ސަބަބުން. އެއީ އަޅުގަނޑުގެ ކެރިޔާގައި އެންމެ ބޮޑު ބައުންސް" ނާހިލް ބުންޏެވެ.

ނާހިލް: ގައުމީ އެތުލެޓިކްސް މުބާރާތުގެ ލޯންގް ޖަމްޕް އިވެންޓްގައިވާދަކުރަނީ.--- ފޮޓޯ: އަދަދު

ޓައިމިން ރަނގަޅުކޮށް ރާއްޖެ އަށް މެޑަލް ހޯދަދޭން ނާހިލް ކެތްމަދުވެފައި

ގައުމީ ޓީމާއެކު ދެން ކުޅުންތެރިން އަޒުމަކަށް ގިނަ ފަހަރު ވަނީ މެޑަލް ހޯދުމެވެ. ނާހިލްގެ އަޒުމަކީ ވެސް އެއީ އެވެ.

އެކަމަކު، އޭގެ ކުރިން ނާހިލް ކުރަން ޖެހޭނީ ދިގު ދަތުރެއްކަން އޭނާއަށް އެނގެ އެވެ. އެހެންވެ, އެ މެޑަލް އަށް ވުރެ ކުރިން އޭނާގެ ވިސްނުން ހުރީ އަމިއްލަ ޓައިމިންތައް ރަނގަޅު ކުރާށެވެ.

"އަސްލު ބޮޑަށް ފޯކަސް މި ކުރަނީ އަމިއްލަ ޓައިމިންގްތައް ރަނގަޅު ކުރަން. ޓައިމިންގްތައް ރަނގަޅުކޮށްފައި ދެން ގައުމީ ޓީމާއެކު ކާމިޔާބު ހޯދަން. މެޑަލް އެއް ހޯދައިދީ ރާއްޖެ ފަހުރުވެރިކުރަން ބޭނުންވޭ" ނާހިލް ބުންޏެވެ.

ގައުމީ ޓީމާ އެކު އޭނާ އަށް ލިބުނު ދެ ވަނަ ހިތްހަމަ ޖެހުމަކީ ތަޖުރިބާކާރު ދުވުންތެރިންނާ އެކު ތަމްރީނުވާން ފުރުސަތު ލިބުމެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު, އާއި ހުސެއިން ރިޒާ (ކުޑަރިޒާ) ކައިރިން އެތައް ބައިވަރު ފިލާވަޅުތަކެއް ނާހިލް ކޮންމެ ދުވަހަކުވެސް ނަގަ އެވެ. ނަސޭހަތްތައް އަޑުއަހާ ކުރިއަށްދާ ނާހިލް ހިތްވަރު ކުރެ އެވެ.

"ދުވުމުގެ ގައުމީ ރިކޯޑް ބްރޭކް ކުރުން ވާނީ އުނދަގޫ ކަމަަކަށް އެކަމަކު އެއީ ނުވާވަރު ކަމެއް ނޫން. ސާއިދުމެން ހޯދި ކާމިޔާބީއާ އެއްވަރަށް ދާން ބޭނުންވޭ." ނާހިލް ބުންޏެވެ.

އޭޝިއަން ގޭމްސްގެ އިވެންޓެއް ނިންމާލުމަށް ފަހު ނާހިލް.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ކުރިއަށްދާން ލިބޭނެ އެންމެ ފަހި ފުރުސަތަކީ "ޖެމެއިކާ"

ދުވުންތެރިން ތަމްރީނުކުރާ ހަބެއްގެ ގޮތުގައި މަޝްހޫރު ޖެމެއިކާ އަކީ ނާހިލް ތަމްރީންވާން ދާން އެންމެ ބޭނުންވާ ގައުމެވެ. ސަބަބެއް ވެސް ނެތި އެއް ނޫނެވެ. ނާހިލް ދެކޭ ގޮތުގައި ޖެމެއިކާ އިން ލިބޭ ތަމްރީނަކީ ޕްރޮފެޝަނަލް އެތުލީޓަކު މުޅި އުމުރުގައި ވެސް ބޭނުން ހިފޭނެ ތަމްރީނެކެވެ. އެކަން ޖެމެއިކާ އިން ތަމްރީނުވާ އެތުލީޓުންގެ ވާހަކަތަކުންވެސް އެނގެ އެވެ.

"ޖެމެއިކާ އަކީ ދެން ބައިވަރު އެތުލީޓުންތަކެއް އުފެއްދި ގައުމެއް. އަދި އެންމެ ގިނަ އެތުލީޓުން ތަމްރީނުވަމުން އަންނަނީ ވެސް އެތާނގައި. އަޅުގަނޑު ތަމްރީނުވާން ވެސް ބޭނުން ވަނީ އެތަނުން" ނާހިލް ބުންޏެވެ.

ހިތްވަރާ އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބީއަށް ވާސިލްވާނެކަން ނާހިލުގެ ކާމިޔާބީން ހެކި ދެ އެވެ. ނާހިލް އަކީ ގައުމީ އެތުލެޓިކްސް ޓީމުގެ ކުރިމަގާ ގުޅިފައި ހުރި އެތުލީޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox