ސަރުކާރުން މެޖޯރިޓީ ބޭނުންކުރާނީ މީހުން ހައްޔަރުކޮށް އަނިޔާވެރިވާން: ފައްޔާޒު

އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ. އޭނާ ވަނީ ސަރުކާރު ވެރިކަމަށް އައީ ގިނަ ދޮގުތަކެއް ހަދައިގެން ކަމަށާއި މިހާރު ވެސް ހައްދަވަނީ ދޮގު ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ކެމްޕޭން ހަރަކާތެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ. އޭނާ ވަނީ ސަރުކާރު ވެރިކަމަށް އައީ ގިނަ ދޮގުތަކެއް ހަދައިގެން ކަމަށާއި މިހާރު ވެސް ހައްދަވަނީ ދޮގު ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް

އަންނަ މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީއަށް މެޖޯރިޓީ ދީފިނަމަ ސިޔާސީ މީހުން ހައްޔަރުކޮށް އަނިޔާވެރިވާ މަންޒަރު ފެންނާނެ ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ޟިރުޣާމް ވަހީދުގެ ކެމްޕޭން ޖަލްސާގައި ފައްޔާޒު ވިދާޅުވީ ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތުން މެޖޯރިޓީ ލިބިއްޖެނަމަ އަނިޔާވެރިވާނެ ކަމަށެވެ. ސަރުކާރުގެ އަނިޔާވެރިކަމުގައި ޖަލަށް ވަޑައިގަންނަވަން ޖެހުނަސް މައްސަލައެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ މަޖިލީހުގެ މެޖޯރިޓީ މި ބޭފުޅުންނަށް ލިބިއްޖެ ކަމަށްވާނަމަ ޝައްކެއް ވެސް ތިބޭފުޅުން ކުރައްވާނެ ކަމެއް ނެތް, ދެން ފެންނާނީ އަނިޔާވެރިކަން. އިސާހިތަކު އަޅުގަނޑުމެން ހައްޔަރުކުރަން ފަށާނެ. އެކަމަކާ ތިޔަ ބޭފުޅުން ކަންބޮޑުވާނެ ކަމެއް ނެތް," މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުގެ ކަންކަން ހުރީ ވަރަށް ބޮޑަށް ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި ކުރިން ރާއްޖެ އޮތް ގޮތަށް ކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ވަރަށް ރީތިކޮށް އަނދުން އަޅުވާލައިގެން މިގޮތަށް ރައްޔިތުންނަށް ދައްކައިގެން ވަރަށް ބޮޑެތި ދޮގުތަކެއް ހަދައިގެން ވެރިކަމަށް ޑރ. މުއިއްޒު ވަޑައިގެންނެވި. އެކަން މިހާރު ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެއްޖެ. ކޮންމެ ވާހަކައެއް, ކޮންމެ ވައުދެއްވީ ދޮގު ވައުދަކަށް. އެކަންތައް މިހާރު ފެންނަމުންދަނީ," ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަކީ އަބަދުވެސް ރާއްޖޭގައި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ހެޔޮ ވެރިކަމެއް ކުރުމަށް ބާރުއަޅާ ޕާޓީ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން, އެ ޕާޓީން ކުރި ދެ ވެރިކަމުގައި ވެސް އެ ކަން ސާބިތުކޮށްދީފައިވާނެ ވެސް އެމްޑީޕީގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި މިވަގުތު ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރު ކާކުތޯ ހައްޔަރުކުރީ. މިދިޔަ ފަސް އަހަރު ކާކުގެ މުދަލެއްތޯ ސަރުކާރުން ނެގީ. އަޅުގަނޑުމެންނާ ދިމާލަށް ކޮރަޕްޝަނާ އޭތިމީތި ކިޔައި ހެދި. ބައްލަވާ އެކަމަކު މިއަދު ލޮލުން އެސްފިޔަ ނުޖަހައި އެހެރަ ކޮރަޕްޝަންގެ އަމަލު ހިންގަމުންދަނީ," ފައްޔާޒު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ތާވަލުކޮށްފައި ވަނީ އެޕްރީލް 21, އަށެވެ. އެމްޑީޕީން 90 ދާއިރާއަކަށް މިފަހަރުގެ އިންތިހާބުގައި ވާދަކުރެ އެވެ. އެ ޕާޓީގެ ކެމްޕޭނު ހަރަކާތްތައް ރާއްޖޭގެ އެކިކަންކޮޅުގައި މިހާރު ދަނީ ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox