ކެލާ ދާއިރާގެ މެންބަރު އަމިއްލަ ކަމެއްގެ މައްސަލަ މަޖިލީހުގައި ބޮޑުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަަވަނީ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ ވާދައެއް ނުކުރައްވާ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަަވަނީ. ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ ވާދައެއް ނުކުރައްވާ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފު އަމިއްލަ ކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރައްވައި، އެ މައްސަލަ "ބޮޑު ކަަމަކަށް" ހައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަޑައިގެންނެވީ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކާއި އެ ސުވާލާ ގުޅިގެން މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށެވެ.

ޝިފާއު ކުރެއްވި އެއް ސުވާލަކީ، "ޑިސެމްބަރު 17، 2023 ، ގެ ނިޔަލަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި ބަންގްލަދޭޝްގެ ރައްޔިތުން ތިބި އަދަދަކީ ކޮބައިތޯ؟" އެވެ. ދެވަނަ ސުވާލަކީ ނޮވެމްބަރު 12، އިން ފެށިގެން ޑިސެމްބަރު 17، އާ ހަމައަށް ރާއްޖޭން ފުރި ބަންގްލަދޭޝް މީހުންގެ އަދަދަކީ ކޮބައިތޯ؟" އެވެ.

އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވުމާ އެކު ގުޅުން ހުރި ބައެއް ސުވާލުތައް އެހެން ބައެއް މެންބަރުން ކުރެއްވި ފަހުން ކެލާ ދާއިރާގެ މެންބަރު ޝަރީފު ސުވާލުކުރެއްވީ އޭނާ ކުއްޔަށް ދޫކުރައްވައިގެން އުޅުއްވާ ތަނެއްގައި ތިބި ބަޔަކު ކުލި ނުދައްކާތީ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށް ނުގޮސްގެން، ދެން އަމަލުކުރައްވަންވީ ގޮތަކާ ބެހޭ ގޮތުންނެވެ.

"އިއްޔެ މި ގަޑީގައި އަޅުގަނޑު ހުރީ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި، އަޅުގަނޑު ކުއްޔަށް ދީފައި ހުރި ތަނަކުން ކުލި ނުދައްކައިގެން، ބޭރު މީހަކު، އެކަން ވީ ގޮތަކީ ފުރަތަމަ ކުއްޔަށް ދިނީ ދިވެއްސަކަށް، އޭނާ ފިލައިގެން ގޮސްފި، ދެން ހުރީ ބޭރު މީހެއް، އޭނާ ބުނީ ތިމަންނާ ޒިންމާވާނަމޭ، އޭނާ ކުއްޔެއް ނުދައްކާ، އެ ތަނަކުން ނުނިކުމޭ،" ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުއްވި މައްސަލަ ތަފްސީލުކޮށް ދެއްވަމުން ޝަރީފު ވިދާޅުވި އެވެ.

އެ އީ މަދަނީ މައްސަލައެއް ކަމަށާއި ވަޑައިގަންނަވަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށް ހެންވޭރު ޕޮލިސް ސްޓޭޝަނުން ޝަރީފަށް ޖަވާބު ދެމުން ބުނިކަން އޭނާގެ ވާހަކައިން އެނގެ އެވެ.

ވާހަކައެއް ކިޔައިދޭ އުސޫލުން އެވާހަކަ ވިދާޅުވެފައި "ޝުކުރިއްޔާ"އޭ ވިދާޅުވެ، އިށީންނަވަން އުޅުއްވަމުން ޝަރީފު އެއްސެވީ އެ ކަހަލަ މައްސަތަކުގައި އަމަލުކުރާނީ ކިހިނެތްތޯ" އެވެ.

ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޝަރީފުގެ ވާހަކައިން ސުވާލެއް ފާހަގަ ނުވާ ކަމަށެވެ. އެހެން ވިދާޅުވެ، ސުވާލުކުރުމުގެ ފުރުސަތު ދެއްވީ އެހެން މެންބަރަކަށެވެ.

އޭފެ ފަހުން ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވައިގެން، ޝަރީފު އޭނާގެ ސުވާލުގެ އިބާރާތް ބަދަލުކުރައްވައި، "އެއީ ވަރަށް ގިނަ ދިވެހިންނަށް ދިމާވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވަން ރިޔާސަތަކުން ނޭދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox