މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ގެއްލުންތަކެއް ދީގެން މަރާމާތު ކުރަން ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ގެއްލުން ދީފައިވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫ ކުރާ ބައިގެ ފެން އިސްކުރުތަކަށެވެ.
އެ ތަކެތި މަރާމާތު ކުރުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށްދާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިއީ ކޮން ބަޔަކު، ކީއްވެ ކުރި ކަމެއް ކަން ނޭނގެ އެވެ. މާލޭގެ ބައެއް މިސްކިތްތަކުގެ ވުޟޫ ކުރާ ބަޔަށާއި ފާހާނާއަށް ދޭތެރެއިން ގެއްލުން ދީގެން، މީގެ ކުރިން ވެސް މަރާމާތުކުރަން ޖެހިފައި އެބަ ހުއްޓެވެ.












