ނަޕޯލީން އިންޓަ ހިފަަހައްޓައިފި

Mar 18, 2024, 5:41 AM
ނަޕޯލީން އިންޓަ ހިފަަހައްޓައިފި

މިލާން (މާޗް 18) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނުން ރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީއާ 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، އިންޓަ، ލީގުގެ އެއް ވަނައިގައި އޮތީ، 14 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އިންޓަ އަށް 29 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 29 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް ވަނީ ރޭ ޖެނޯއާއާ 0-0 އިން އެއްވަރުވެފަ އެވެ. ޔުވެންޓަސް އަށް 29 މެޗުން ލިބިފައިވަނީ، 59 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އިން ލީޑުނެގީ މެޗުގެ 43 ވަަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، އަލެސަންދްރޯ ބަސްޓޯނީ ދިން ބޯޅައަކުން މަޓެއޯ ޑާމިއަން އެވެ.

ދެ ވަނަ ގޯލެއް ޖަހަން އިންޓަ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އޭގެ ފައިދާނަގައި، ނަޕޯލީން ވަނީ މެޗު ނިމުމުގެ 10 ވަަރަކަށް މިނިޓް ކުރިން، ގޯލެއް ޖަހައި، ނަތީޖާ ހަމަަހަމަކޮށްފަ އެވެ. މި ލަނޑު ޖެހީ ލިބުނު ކޯނަރަކުން ތަނަަވަސްވި ފުރުސަތެއްގައި ޖުއާްން ޖީސޫސް ބޮލުންނެވެ.

ތިރީސް ތިން އަހަރަށް ފަހު، މިދިޔަ ސީޒަނުގައި އިޓާލިން ލީގުގެ ތަށި އުފުލާލި ނަޕޯލީ މި ވަގުތު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 29 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.

މި ފަަހަރު ލީގު ޗެމްޕިއަންކަން އިންޓަ އިން ހޯދައިފިނަމަ އެ ޓީމަށް 20 ތަށި ހަމަކުރެވޭނެ އެވެ. އިޓާލިއަން ލީގު އެންމެ ގިނައިން ކާމިޔާބުކުރީ 36 ތަށި އުފުލާލި ޔުވެންޓަސް އިންނެވެ. ދެ ވަނައިގައި އޮތީ އިންޓަ އާއި އޭސީ މިިލާން އެވެ. ދެ ޓީމަށް ވެސް އަދި ލިބިފައިވަނީ 19 ތަށްޓެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox