ނިންމުން ބަދަލުކުރުމުގެ ވިސްނުމެއް ކްލޮޕްގެ ނެތް

Mar 15, 2024, 8:59 AM
ނިންމުން ބަދަލުކުރުމުގެ ވިސްނުމެއް ކްލޮޕްގެ ނެތް

ލިވަޕޫލް (މާޗް 15) - ލިވަޕޫލްގެ ކޯޗުގެ މަގާމުން ނުވަ އަހަރަށް ފަހު ވަކިވާން ނިންމާފައިވާ ޖަރުމަނުގެ ކޯޗު، ޔާގަން ކްލޮޕްގެ އެ ނިންމުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފި އެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ކްލޮޕް ހަވާލުވިއިރު، އޭނާއާ އެކު ހަ އަހަރު ވަންދެން މަސައްކަތް ކުރި ލިވަޕޫލްގެ ސްޕޯޓިން ޑިރެކްޓަރު، މައިކަލް އެޑްވާޑް ވަނީ އެނބުރި އެ ކްލަބްގެ ޗީފް އެގްޒެކްޓިވް އޮފް ފުޓްބޯލްގެ މަގާމަށް އައިސްފަ އެވެ.

އެޑްވާޑް، 11 އަހަރު ލިވަޕޫލްގައި މަސައްކަތް ކުރުމަށް ފަހު، އެ ޓީމު ދޫކޮށްލީ 2022 ވަނަ އަހަރު މެދުތެރޭގަ އެވެ.

އަލުން ލިވަޕޫލްގެ މަގާމަކާ ހަވާލުވުމަށް ފަހު، އެޑްވާޑް ވަނީ ކްލޮޕްއާ އެކު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެކަމަކު، އެ ބައްދަލުވުންތަކުގައި ކްލޮޕް، ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ކަންތައްތަކާ ބެހޭ ވާހަކަ ދައްކާފައިނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެން ދެކޭގޮތުގައި މިއީ ދުނިޔޭގައި ވެސް އެންމެ ރަނގަޅު ކްލަބް، އެކަމަކު، އަހަރެން މި ޓީމު ދޫކޮށްލަން ނިންމި ނިންމުން އެ އޮތީ އެ ގޮތަށް،" ކްލޮޕް ބުންޏެވެ. "އަހަރެން ބޭނުންވަނީ މި ކްލަބް ރަނގަޅު މީހުންނާ އެކު ވީ އެންމެ ރަނގަޅަކަށް ކުރިއަށްދާން، އެކަންކަމަށް ބަލާއިރު، އެޑްވާޑް އަކީ، ރަނގަޅު ޗޮއިސް އެއް،"

ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ބުނީ ލިވަޕޫލް ދޫކޮށްލަން ނިންމުމަށް ފަހު، އޭނާ ދެއްކި ވާހަކަތައް ރަނގަޅަށް ހަނދާނުގައި އެބަހުރި ކަމަށެވެ. އަދި އޭނާ ދެން އިނގިރޭސި ކްލަބަކާ ހަވާލުނުވާނެ ކަމަށް ބުނެ ދެއްކި ވާހަކަ އަކީ، ވަރަށް ވިސްނުންތެރިކަމާ އެކު، ފަރުވާ ބަހައްޓައިގެން ބުނި އެއްޗެއް ކަމަށާއި އެއާ ހިލާފުނުވާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

ލިވަޕޫލުން މި ސީޒަނުގައި ވަނީ ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފައިވާއިރު، ލީގުގައި އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. އެއީ ޕޮއިންޓުގެ ގޮތުން އެއް ވަނައިގައި އޮތް އާސެނަލާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox