ހުލާސާކޮށް އިއްޔެ: ތަރައްގީއަށް ކުރާ ހަރަދު ވަރަށް ބޮޑަށް މަދުވުން

ހުލާސާކޮށް އިއްޔެ: ތަރައްގީއަށް ކުރާ ހަރަދު ވަރަށް ބޮޑަށް މަދުވުން

މި އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ހަރަދުތައް ދަށްވެ، ވިދިވިދިގެން ދެވަނަ މަހުގައި ބަޖެޓު ސާޕްލަސް ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާއިރު، ކެޕިޓަލް ހަރަދުތަކަށް ބަލާއިރު އުމްރާނީ ތަރައްގީއަށް ނުވަތަ އިންފްރާސްޓްރަކްޗާ އެސެޓްސްތަކަށް ހަރަދުކުރުން މަޑުޖެހިފައިވާ ކަމަށް އަދަދުތަކުން ދައްކާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި ފެބްރުއަރީގެ ނިޔަލަށް އާމްދަނީއަށް 6.5 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ 6.4 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ އިތުރުން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ފައިނޭންސްކޮށްގެން ހޯދާފައިވެ އެވެ.

އެގޮތުން ޕްރައިމަރީ ބެލެންސް 559.7 މިލިއަން ރުފިޔާ ސާޕްލަސް ވެފައިވާއިރު، އޯވަރޯލް ބެލެންސް 15.7 މިލިއަން ރުފިޔާ ސާޕްލަސްވެފައިވެ އެވެ.

Advertisement

މިދިޔަ އަހަރާ މި އަހަރާ އަޅާބަލާއިރު، އާމްދަނީ 126.3 މިލިއަން ރުފިޔާ މަދެވެ. އަދި ހަރަދުތައް ކުރީ އަހަރަށް ވުރެ 1.7 ބިލިއަން ރުފިޔާ މަދެވެ. އަހަރުން އަހަރަށް ހަރަދުތަކުން މިހާ ބޮޑު ތަފާތެއް ފެންނަނީ ކެޕިޓަލް ހަރަދުތަކަށް ކުރާ ހަރަދު ވަރަށް ބޮޑަށް މަދުވެފައިވާތީ އެވެ.

ކެޕިޓަލް ހަރަދުތަކަށް ބަލާއިރު އުމްރާނީ ތަރައްގީއަށް ނުވަތަ އިންފްރާސްޓްރަކްޗާ އެސެޓްސްތަކަށް ހަރަދުކުރުން މަޑުޖެހިފައިވާ ކަމަށް އަދަދުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 2.3 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް މި އަހަރު ހަރަދުކުރީ 819 މިލިއަން ރުފިޔާ އެވެ. މިއީ 1.4 ބިލިއަން ރުފިޔާގެ ތަފާތެކެވެ.

ކެޕިޓަލް ހަރަދުތަކެކޭ އެއްގޮތަށް ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އިދާރީ އަދި ހިނގުމުގެ ހަރަދުތައް ވެސް ކުރީ އަހަރަށް ވުރެ މަދެވެ. އެކަމަކު މުސާރައަށް ހިނގާ ހަރަދުތައް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިތުރެވެ.

ހަރަދުތައް މަދުވީއިރު، ސަރުކާރުން އަންނަނީ ހަރަދުތައް ކުޑަކުރަން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ނެރުނު ފިނޭންސުން ނެރުނު މާލިއްޔަތާބެހޭ ސާކިއުލާއަކުން، އެ މިނިސްޓްރީގެ ހުއްދަ ނެތި 35،000ރ. އަށްވުރެ މަތިން އެއްވެސް ހަރަދެއް ނުކުރަން އިދާރާތަކަށް އަންގައިފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox