ރޯދަމަހާ އެކުު ރައީސްގެ "ދޮގުތައް" ވީ އިތުރު: އީސަ

އެމްޑީޕީގެ މަޖިލިސް ކެމްޕޭން ތަރުޖަމާނު އީސާ : އޭނާ ވިދާޅުވީ ރޯދަމަހާއެކު ރައީސްގެ ދޮގުހެދުމުގެ ދަރަޖަ ކުރިއަށް ޖައްސާލައިފި ކަމަށް - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ މަޖިލިސް ކެމްޕޭން ތަރުޖަމާނު އީސާ : އޭނާ ވިދާޅުވީ ރޯދަމަހާއެކު ރައީސްގެ ދޮގުހެދުމުގެ ދަރަޖަ ކުރިއަށް ޖައްސާލައިފި ކަމަށް - ފޮޓޯ: އެމްޑީޕީ

މި ހިނގާ ރޯދަ މަސް ފެށުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވާ ދޮގުތަކުގެ ދަރަޖަ އިތުރަށް ކުރިއަށް ޖައްސާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން އަންނަ އޭޕްރިލްމަހު ބާއްވާ އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕޭނުގެ މައުލޫމާތު ދޭން އެޕާޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ، ރޯދަ މަހާއެކު ރައީސްގެ ދޮގުތައް ހުއްޓާލައްވާނެ ކަމަށް އެ ޕާޓީން ވަރަށް ބޮޑަށް އުއްމީދު ކުރި ކަމަށެވެ. ނަމަވެސް އެ މަންޒަރު ނުފެނުނު ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުއްމީދުކޮށްގެން ތިބީ އެންމެ ކުޑަމިނުން މި ރަމަޟާން މަހު އެބޭފުޅާ އެ ހައްދަވަމުން ގެންދެވި ދޮގުތައް މި ރަމަޟާން މަހަށްޓަކާ ހުއްޓަވާލައްވާނެ ކަމަށް، އެހެން ނަމަވެސް ހިތާމައަކީ އެހެނެއް ނޫން މި ފެނުނީކީ، މި ރަމަޟާން މަހު އެބޭފުޅާގެ ދޮގު ހެދުން ކުރިއަށްވުރެ ދަރަޖަ ކުރިއަށް ޖައްސާލިތަން އަޅުގަނޑުމެންނަށް މި ފެނުނީ" އީސަ ވިދާޅުވި އެވެ.

އީސަ ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުން ދުވަހަކުވެސް ތެދެއް ނަހަދާނެކަން މިހާރު އެމްޑީޕީއަށް މިހާރު ސާފުވެއްޖެ އެވެ. އަދި، ދޮގުތައް ގިނަވެ، ކުދި ދޮގު، މެދު ދޮގު، ބޮޑު ދޮގު، އަދި ބުހުތާނު ދޮގުގެ ގޮތުގައި އެ ޕާޓީން 'ކެޓަގަރައިޒް' ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ބުހުތާނު ދެ ދޮގުގެ ގޮތުގައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެއްކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަ އަދި ސަރުކާރުގެ ކުންފުނިތަކުގެ މުސާރައާއި އިނާޔާތްތައް ދިނުން އޭނާ ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox