ދިރާގުން ރޯދަ މަހަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން މި އަހަރުގެ ރޯދަ މަހު ކޮންމެ ދުވަހަކު ލިބޭ އިނާމުތަކާއެކު ހާއްސަ ޕްރޮމޯޝަންތަކެއް މިއަދު އިއުލާނުކޮށްފި އެވެ.

ރޯދަ މަހުގެ ޕްރޮމޯޝަންގެ ދަށުން ދިރާގުން ތައާރަފްކުރީ ކަސްޓަމަރުންނަށް ދިރާގު އެޕު މެދުވެރިކޮށް ބޭނުންކުރެވޭ ފަސް އޮފާ އެކެވެ. ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން އެ އޮފާތަކާއި އެ ރޯދަ މަހުގެ ހާއްސަ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާކުރި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އެލީޓު ކްލަބު މެމްބަރުންނަށް ހާއްސަ އޮފާތަކެއް އެކި ޕާޓުނާ އައުޓުލެޓުތަކުން ލިބޭނެ ކަމަށާއި، އެ އޮފާތަކާ ބެހޭ އިތުރު ތަފްސީލް ދިރާގު އެޕު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ދިރާގު ރޯދަ މަހުގެ ކެމްޕޭން ޝިއާރަކީ "ހެޔޮ ހިތުން" ކަމަށްވާއިރު، އެ ކެމްޕޭނު ބިނާކުރީ ރޯދަ މަހު އެކަކު އަނެކަކަށް އޯގާތެރިވެ، ހިތްހެޔޮ އަމަލުތައް ކުރުމުގެ މައްޗަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ރޯދައަށް ތައާރަފްކުރި ފަސް އޮފާ:

• ރޯދަ ބޯނަސް: 25 ރުފިޔާއަށް ވުރެ މަތިން ދިރާގު އެޕްއިން ކުރާ ކޮންމެ މުއާމަލާތަކަށްފަހު، ހާއްސަ ގޭމެއް ކުޅެގެން ކަސްޓަމަރުންނަށް ހިލޭ ބޯނަސް ޑޭޓާ ލިބޭނެ އެވެ. ޕްރީޕެއިޑް ރީޗާޖު، އެޑުއޮންސް އަދި ބޫސްޓާ ގަންނަ ފަރާތްތަކަށް މި ގޭމު ކުޅެވޭނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއް ފަހަރު ބޯނަސް ޑޭޓާ ހޯދޭނެ އެވެ.

• ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓާ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑު ކަސްޓަމަރުން ނަގާ ހާއްސަ ބޫސްޓާތަކާއެކު ހަމަ އެއް އަގެއްގައި އިތުރު ޑޭޓާ ލިބިގެންދާނެ އެވެ. އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޑޭޓާ ބޫސްޓާ 100 ޖީބީ 100ރ. އަދި 400ޖީބީ 300ރ. އަށް ނެގޭނެ އެވެ.

• ޝެއާ ޔޯ ހެޕިނެސް: ދިރާގު ޕްރީޕެއިޑް އަދި ޕޯސް ޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕު މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް "ސްކްރެޗް އެންޑް ވިން" ގެ ގޮތުގައި ހިލޭ މިނީ ޑޭޓާ ޕްރައިޒް ލިބޭނެ އެވެ. އަދި އެ އިނާމު ދިރާގު ނެޓްވޯކުގައި ތިބި އެ ފަރާތްތަކުގެ ރަހުމަތްތެރިންނާއި އާއިލާއަށް ހަދިޔާކުރެވޭނެ އެވެ.

• ހިތްތައް ހޯދައިގެން އިނާމު: ކަސްޓަމަރުންނަށް ދިރާގު އެޕްއިން ހިތްތަކެއް ހޯދައިގެން ހާއްސަ އިނާމުތަކެއް ރިޑީމް ކުރެވޭނެ އެވެ. ހޯދާ ކޮންމެ ހިތަކަށްވެސް ވަކި އަދަދެއްގެ ޕޮއިންޓް ލިބިގެންދާނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހިތެއް ހޯދޭނެ އެވެ.

• ދިރާގު އީޒޯން ސަޕްރައިޒް: ދިރާގު އެޕުގައި ވާ އީޒޯން ބެނާއަށް ފިއްތާލައިގެން ކަސްޓަމަރުންނަށް ޝެމަރޫ، ހާޑީ ގޭމްސް، ޑޮކިއުބޭ އަދި ގްރޭންޑު ސްލޭމް ގޭމިން ފަދަ މުނިފޫހިފިލުވުމުގެ އެކި ޕްލެޓުފޯމްތަކުން ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ އެވެ. ސަބްސްކްރިޕްޝަން ލިބޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ހިލޭ ބޭނުންކުރެވޭނެ އެވެ.

"ހެޔޮ ހިތުން" ޝިޔާރާ ގުޅިގެން ދިރާގުގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ވަނީ މަމްސް އެއިޑް އެންޖީއޯގެ "ރަމަޟާން އެއިޑް" ކެމްޕޭންގެ ޕާޓުނަރަކަށްވެ، އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ އިފްތާރު ޕެކްތަކެއްވެސް ދިރާގުން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދިރާގުން މި ފަހަރުވެސް އެ ކުންފުނިން ރޯދަ މަހަށް ހާއްސަކޮށްގެން ގެންދާ ހަރަކާތްތައް ކަމަށްވާ ތަށިބަރި މޫވްމަންޓާއި ދިރާގު ގުޑިފެސްޓް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދިރާގުޕޭ އެޕު އަދި ވެމް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ކޮންމެ އަހަރެއްގެވެސް ރޯދަ މަހާ ގުޅުވައިގެން ދަނީ ކަސްޓަމަރުންނަށް ހާއްސަ އައު އޮފާތައް ގެނެސްދެމުންދާއިރު، މި ރޯދަ މަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން ވަނީ އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox