ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި ސަރުކާރުގެ ތާއިދު މެމްބަރު ޣަނީ އަށް!

މެމްބަރު ޣަނީ އާއި ޕީއެންސީގެ ކެންޑިޑޭޓު ތައުފީގު

މެމްބަރު ޣަނީ އާއި ޕީއެންސީގެ ކެންޑިޑޭޓު ތައުފީގު

ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި، އަމިއްލަ ގޮތުން ކުރެންދޫ ދާއިރާއަށް ވާދަ ކުރައްވާ އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަށް ސަރުކާރުން ތާއިދުކުރާ ކަމަށް ތުހުމަތުކޮށް، ޕީއެންސީގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"އަދަދު" ނޫހާ ވާހަކަ ދެއްކި ކުރެންދޫ ދާއިރާގެ ޕީއެންސީގެ އިސް ބައެއް މެމްބަރުން ބުނީ "ރައީސް [ޑރ. މުއިއްޒު]ގެ ތާއިދު އޮތީ ޣަނީއަށް" ކަމަށާއި އެއީ ބޮޑު މައްސަލައެއް ކަމަށެވެ.

"ޑިމޮކްރެޓިކް އުސޫލުން ޕްރައިމަރީ ބާއްވައި މެމްބަރުން މި ބުނަނީ މީނައޭ [އާދަމް ތައުފީގު] އޭ ތިމަންނަމެންގެ ފަރާތުން މަޖިލީހުގައި މި ފަހަރު ވާދަ ކުރާނީ. އެހެންވީމަ އެ ނޫން ގޮތަކަށް އަމަލެއް ނުކުރެވޭނެ،" އޭނާ ބުންޏެ އެވެ.

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅަށް ކުރައްވާ ދަތުރުގައި ކުރެންދޫ އަށް ވަޑައިގަންނަވަ އެވެ. ނަމަވެސް ޕީއެންސީގެ އިސް މެމްބަރުން ބުނި ގޮތުގައި ރައީސްގެ ދަތުރުގެ މައުލޫމާތު ކެންޑިޑޭޓަށް ރަސްމީކޮށް، އަދި ނުރަސްމީކޮށް ވެސް ހިއްސާކޮށްފައި ނެތެވެ.

"ރައީސް މުއިއްޒު ތާއިދު މި ކުރަނީ އެމްޕީ ޣަނީ އަށްކަން ކަށަވަރު. މިއީ ޑިމޮކްރަސީއާ ހިލާފު ކަމެއް،" ކުރެންދޫން ވާހަކަ ދެއްކި ޕީއެންސީގެ އެހެން މެމްބަރަކު ބުންޏެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ޕީއެންސީގެ ޕްރައިމަރީ ތައުފީގު ކާމިޔާބު ކުރީ ފަރަގު ބޮޑުކޮށެވެ. އޭނާއާ ވާދަކުރި ކެންޑިޑޭޓަށް 71 ވޯޓު ލިބުނުއިރު ތައުފީގަށް ލިބުނީ 296 ވޯޓެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މަދީހު ވިދާޅުވީ ޕްރައިމަރީ ކާމިޔާބުކޮށް ރައީސް މުއިއްޒު ސޮއި ކުރައްވާފައިވާ ޓިކެޓު ދެއްވި ކެންޑިޑޭޓު ނޫން ގޮތެއް ނެތް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޕީއެންސީ އަދި ކުރެންދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު އާދަމް ތައުފީގު ވެސް ރަސްމީކޮށް ވާހަކަ ދައްކަން ބޭނުމެއް ނުވި އެވެ.

ތައުފީގަށް ޕީއެންސީގެ ޓިކެޓު ލިބުމުގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ވެސް އޭނާ ފެނިގެން ދިޔަ އެވެ.

ކުރެންދޫ ދާއިރާގެ އިތުރުން އެހެން ބައެއް ދާއިރާތަކުގައި ވެސް ޕީއެންސީގެ ކެންޑިޑޭޓު ހުއްޓައި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ރައީސް މުއިއްޒު ތާއިދު ކުރައްވާތީ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox